ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2019/18
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:52
ސުންގަޑި: 20 ޖޫން 2019 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް މުވައްޒަފުން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)14-E1/1/2019/12) އިޢުލާނާ ގުޅޭ

           

 

 

 

 

 

އިޢުލާން

 

            މި އޮފީހަށް  މުވައްޒަފުން  ބޭނުންވެގެން  ކުރެވުނު  ނަންބަރު(IUL)14-E1/1/2019/12 :        (11 އެޕްރީލު 2019) އިޢުލާނާ ގުޅޭ ގޮތުން ދަންނަވަމެވެ.

 

އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް މީހުން ހޮވުމަށްޓަކައި ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަޤާމަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ވެބްސައިޓު www.customs.gov.mv ގައި ޢާންމު ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ. އަދި ވަޒީފާއަށް އެދި ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް ކަސްޓަމްސްގެ ވެބްސައިޓުން ޗެކްކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި މިންގަނޑުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެވޭ އިމްތިހާނުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ނަންތައްވެސް ކަސްޓަމްސްގެ ވެބްސައިޓް ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ދެންނެވި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ. ވީމާ، އިމްތިހާނުގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ސ. ހިތަދޫ ނުވަތަ ހދ. ކުޅުދުއްފުށީގައި އިމްތިހާނު ހެދުމަށް ބޭނުންވާ ފަރާތްތަކުން މި އޮފީހުގެ ނަންބަރު 3334250،3334150،3334192 ފޯނާ ގުޅުއްވައިގެން ނުވަތަ [email protected]  އަށް އީމެއިލް ކުރައްވައިގެން ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓްކުރުމުގެ ސުންގަޑިއަކީ 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 1400 އެވެ. އިމްތިހާނު ބާއްވާނެ ތާރީޚާއި ތަން އަދި ވަގުތު ކަސްޓަމްސްގެ ވެބްސައިޓުގައި ޝާއިއުކުރެވޭނޭ ވާހަކަވެސް ދެންނެވީމެވެ.

 

މިކަމާ ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއޮފީހުގެ ނަންބަރު 3334250،3334150،3334192 ފޯނާ ގުޅުއްވުން އެދެމެވެ. އަދި އާއްމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 1400 ގެ ކުރިން އެ ޝަކުވާއެއް ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

 

 

13 ޝައްވާލް 1440

16 ޖޫން 2019

 

 

16 ޖޫން 2019