ދެންނެވުން
ނަންބަރު: (IUL)141-COS/141/2019/288
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 14:05
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަންގެ ނޯމަލައިޒޭޝަންއާއި ކޮމިޓީއާއި ގުޅޭ

                             އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށައެޅިފައިވާތީ، އެ މައްސަލަތައް ބެލުމަށްފަހު، އެއެސޯސިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށް ފެންނާތީ،

އެއެސޯސިއޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓުމަށާއި، އެސޯސިއޭޝަންގެ ހިންގާ ގަވާއިދު އިސްލާޙްކުރެއްވުމަށްފަހު،

ހިންގާ ކޮމިޓީގެ އިންތިޚާބާބެހޭ އެންމެހާ މަސައްކަތްކުރުމަށް،

ޤާނޫނު ނަންބަރު: 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު: 2017/R-13 (ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު) ގެ 24 ވަނަ މާއްދާގެ (ރ) އާއި (ބ) އަށް ރިޢާޔަތްކޮށް،

ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބިދޭ ބާރުގެ ދަށުން، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއެއް، 11 ޖޫން 2019 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެކުލަވާލައި، އިސްވެ ދެންނެވިފައިވާ ޒިންމާ ވަނީ އެކޮމިޓީއާ ޙަވާލުކުރެވިފައެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ތިރީގައި މިދަންނަވާ މެންބަރުންނެވެ.

1- ޢަބްދުﷲ އާމިރު ( ކޮމިޓީގެ ރައީސް)

2- އަޙްމަދު އިސްމާޢީލް (ކޮމިޓީގެ ނައިބް ރައީސް)

3- ޙުސައިން މުޙައްމަދު ( މެންބަރު)

4- އަޙްމަދު އިބްރާހީމް (މެންބަރު)

5- މަރިޔަމް ޖުމާނާ (މެންބަރު)

 

ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.

 

                     10 ޝައްވާލް 1440

16 ޖޫން 2019