ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MMS-A/2019/13
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 27 ޖޫން 2019 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ިސަރވިސްއަށް 4 ކޮމްޕިއުޓަރ ސިސްޓަމް ގަނެ އިންސްޓޯލްކޯށްދޭނެ ފަރާތެއް ހޯދުމަށް

                                                                                 

                                                        ނަންބަރު: MMS-A/2019/13

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިސަރވިސްއަށް 4 ކޮމްޕިއުޓަރ ސިސްޓަމް ގަނެ އިންސްޓޯލްކޯށްދޭނެ ފަރާތެއް ހޯދުމަށް 10 ޖޫން 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ  MMS-A/2019/12  އާއި ގުޅިގެން ޕްރީ ބިޑް މީޓިނަގއަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިއުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވަމެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 1100 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖޫން 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 1100 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަށް އަދި އަންދާސީ ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިވާ މަޢުލޫމާތުތައްވެސް ހުށައެޅުއްވުން އެދެމެވެ.

ހުށަހަޅާ އެސްޓިމޭޓްތަކުގައި ހުންނަން ޖެހޭ މަޢުލޫމާތު

 

  • މަތީގައިވާ ގޮތަށް 04 ކޮމްޕިއުޓަރ ސިސްޓަމަށް އެސްޓިމޭޓް ހުށަހަޅުއްވަންވާނެއެވެ.
  • އޮޕަރޭޓިން ސިސްޓަމް ވާންޖެހޭނީ ވިންޑޯސް 10 ގެ ޖެނުއިން އޮޕަރޭޓިން ސިސްޓަމް އަކަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާ ކޮމްޕިއުޓަރ ސިސްޓަމްތަށް ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތްލިބެން ހުންނަ ތަކެއްޗަށެވެ.
  • އެސްޓިމޭޓް ހުށައަޅުއްވާއިރު، ކޮމްޕިއުޓަރ ސިސްޓަމްގެ ރޭޓް އަދި ޖުމްލަ އަގު ހުށަހަޅަންވާނެއެވެ. 
  • ހުޅުލޭގައި ހުންނަ މިސަރވިސް އަށް ކޮމްޕިއުޓަރ ސިސްޓަމްތަށް ފޯރުކޮށް ދިނުމަށް ޑެލިވަރީ އެއްވެސް ޗާރޖެއް ނަގާނަމަ އެކަން އެސްޓިމޭޓްގައި އެގެން އޮންނަން ވާނެއެވެ. މިގޮތުން އެއްވެސް އަގެއް ނަގާނަމަ ޖުމްލަ އަގުކަމުގައި ބަލާނީ ޑެލިވަރީ ކުރުމަށް ދާ ޚަރަދު ހިމަނައިގެންނެވެ.

 

 

  • އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތު އެސްޓިމޭޓްގައި ހިމަނަން ވާނެއެވެ.
  • ކޮމްޕިއުޓަރ ސިސްޓަމް ތަކަށް މަދުވެގެން 01 އަހަރުގެ މުއްދަތަކަށް ވޮރަންޓީ ދޭންވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލް ހުށަހަޅުއްވަން ވާނެއެވެ. އަދި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއްވެސް ހުށައަޅުއްވަން ވާނެއެވެ. މީރާގައި ޖީ.އެސް.ޓީ އަށް ރަޖިިސްޓްރީކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން މި އޮފީހަށް ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ބަދަލު ކޮށްދެއްވަން ވާނެއެވެ.
  • ތައްޔާރުކުރާ އެސްޓިމޭޓަށް 03 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • ދެވިފައިވާ މަޢުލޫމާތާއިބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

 

                               ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

  ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

20

  1. ތަޖުރިބާ:

10

 

      

 

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭނެގޮތްތައް:  

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.

 

  1. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.

 

  1. ދެވިފައިވާ ސްޕެސިފިކޭޝަންއާ އެއްގޮތަށް އަންދާސީ ހިސާބުތަށް ހުށަހަޅާފައި ނުވުން.

 

 

 

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

Specifications for the computer systems:

 

Qty

Specification

04

3.6Ghz Intel Core i7 Quad-Core CPU (4.0Ghz Turbo)

16GB DDR4 PC19200 (2400Mhz) RAM System Memory

3GB Nvidia Geforce GTX 1060 GDDR5 [192-bit] Graphics

500GB SSD (Solid State Drive) 450MB/s Read & Write

Windows 10 Pro 64-Bit with DVD Recovery Disc

CD/DVD/RW Burner and Blu-Ray Reader Combo Drive

All-In-One Digital Media Flash Card Reader and Writer

6 x USB2.0 Ports | 4 x USB3.0 Ports | 1 x eSATA Port

1Gb Ethernet LAN Network Port + Dual Band WIFI Card

Plug and Play up to 4 x DVI, or HDMI monitors-displays

3840 x 2160 Max Resolution per Screen (4K UHD 2160p)

Premium 7.1 Channel 24-bit Audio (w/ 2 Front Inputs)

Premium 725 Watt Modular Power Supply (PSU)

01

1 TB SATAII

04

Microsoft Wireless Keyboard & Optical Mouse

04

Logitech Powered Stereo Speaker System

10

27” LED Monitor

 

More information about the setup:

 

This project aims to provide multi monitor work stations for forecasters. The contractor is obligated to complete the installation (turn- key) as per the information which will be provided during the pre-bid meeting.

 

 The 04 systems should be installed as below:

 

  • 03 work stations to be installed with 03 monitors connected
  • 01 work station to be installed with single monitor. (I TB SATAII mentioned in specification is to be installed in this work station)

If any extra equipment/accessory is needed for the setup to complete as above, bidder may include it in their bid document.

16 ޖޫން 2019