ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: (IUL)331/331/2019/30
އިޢުލާން
އިޖްތިމާޢީ ސަރަހައްދުތައް ކުނިހާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިކައުންސިލުން ކުރި ނަމްބަރ: (IUL)331/331/2019/26އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޖުލައި 01 ވަނަ ދުވަހުގެ 11:00 ށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ބަޔާންކޮށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.