މަސައްކަތް
ނަންބަރު: (IUL) 252/252/2019/27
ޕަބްލިޝްކުރި ތާރީޚް: 16 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 24 ޖޫން 2019 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ޤާއިމްކުރެވޭ އިޖުތިމާޢީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

             ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 24 ވަނަ ދުވަހުގެ 13:00 އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޖުލައި 04 ވަނަ ދުވަހުގެ 13:00އަށް ފިއްލަދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، "ފިއްލަދޫގައި ޤާއިމްކުރެވޭ އިޖުތިމާޢީ މަރުކަޒުގެ މަރާމާތުގެ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

            އަދި، މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫން ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.  މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވަންވާނެއެވެ. އަދި ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޖޫން 2019