ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: (IUL)468-U01/468/2019/91
ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2019 އާއި ބެހޭ
ފުވައްމުލަކުގެ ސްކޫލްތަކަށާއި ކޮލެޖްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ކައުންސިލް މަދަހަ މުބާރާތް 2019" އަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.
- ސްޓޭޖް ސެޓަޕް ހެދުމާއި ޑިޒައިން ކުރުން އަދި ސްޓޭޖާއި ހޯލުގެ ލައިޓިންގ ހެދުން.
- މުބާރާތް ކުރިއަށްދާއިރު މުބާރާތުގެ ސައުންޑްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- މުބާރާތުގައި ހުށަހަޅާ މަދަހަތަކުގެ ވީޑިއޯ މާސްޓަރ ރިކޯޑިންގ.
- މުބާރާތުގައި ހުށަހަޅާ މަދަހަ ތަކުގެ އޯޑިއޯ މާސްޓަރ ރިކޯޑިންގ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 25 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.
މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
13 ޝައްވާލް 1440
16 ޖޫން 2019