ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)391/391/2019/20
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 22:29
ސުންގަޑި: 26 ޖޫން 2019 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އެސިސްޓަންޓް ޑިރެކްޓަރ" ގެ ވަޒީފާއާއި ގުޅޭ

    

`

                                                                    ނަންބަރު: IUL)391-FI/391/2019/20)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ނަމްބަރ: IUL)391-FI/391/2019/10)  (މާރިޗް 5  2019) ގެ އިޢުލާނުގައި މަޢުލޫމާތު ފުރިހަމަވެފައި ނުވުމާއެކު އެއިޢުލާނު ބާތިލުކޮށް ފީމެވެ. އަދި މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށްއެދި ޝަރުތުފުރިހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

 

މަޤާމުގެ ނަންބަރ:

J-294548

 

ބޭނުންވާ ޢަދަދު:

01

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް އެސް.3

 

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

 

ވަޒީފާ އަދާކުރަންޖެހޭތަން:

ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާ / ތ.ތިމަރަފުށި

 

މުސާރަ:

-/7035ރުފިޔާ

 

ސަރވިސް އެލަވަންސް:

ސަޕޯޓިންކޯ އެލަވަންސް 2

-/2000 ރުފިޔާ

-/900 ރުފިޔާ

 

އެހެނިހެން އެލަވަންސް

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތައް:

1. ކައުންސިލްގެ ފައިސާއާބެހޭ ސެކްޝަނުގެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރުމާއި ފައިސާއާބެހޭ   ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒުކޮށް ބެލެހެއްޓުމާއި،ފައިސާ ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

2. ކައުންސިލްގެ އިދާރާއިންކުރާ ދަޢުވާތަކާއި ކައުންސިލްއިދާރާގެ މައްޗަށްކުރާ ދަޢުވާތަކުގައި ޝަރީޢަތަށް ހާޟިރުވުމާއި ކައުންސިލްގެ އިދާރާއިން ހިންގާ މަސައްކަތް ތަކުގައި ކައުންސިލަށް ބޭނުންވާ ހިނދު ޤާނޫނީ ލަފާދިނުން.

3. ކޯޕަރޭޓް އެފެއާޒް އަށް ލިބޭ ސިޓީ/މެސެޖު ތަކަށް ބަލައި ޖަވާބު ދިނުން.

4. ކައުންސިލުން ކުއްޔަށްދޭ ތަންތަން ކުއްޔަށް ދިނުމާއިބެހޭ އެންމެހާ މަސައްކަތް ހިންގައި ބެލެހެއްޓުން މިގޮތުން ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމާއި މަޢުލޫމާތު ދިނުމާއި ބިޑް އެވަލުއޭޓް ކުރުމާއިބެހޭ މަސައްކަތް.

5. މުވައްޒަފުންގެ މުސާރައާއި އުޖޫރަ ދިނުމުގައި ބަލަންޖެހޭ ބެލުންތައް ބަލައި ޤަވާޢިދުން މުސާރައިގެ މަސައްކަތް ކުރުވުން.

6. ރައްޔިތުންގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުން.

ގުޅޭ ވަޒީފާގެ ދާއިރާތައް(މަޤާމުގެ މަސައްކަތުގެ ދާއިރާތައް)

1.އެޑްމިނިސްޓްރޭޝަން

2.މެނޭޖްމެންޓް

މަޤާމުގެ މަސައްކަތާ ގުޅޭތަޢުލީމީ ރޮނގުތައް

  1. ބިސްނަސް މެނޭޖްމެންޓް
  2. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  3. ބިސްނަސް އެޑްމިނިސްޓްރޭޝަން

 

މަޤާމްގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 5 ނުވަތަ 6 ގެ  ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 7 ނުވަތަ 8 ގެ  ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ

ލެވެލް 9 އިން ފެށިގެން މަތީގެ  ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

 

 

ދާއިރާ

 

 

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

 

 ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

85

30

 

35

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

     އިމްތިހާން

 ''ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން''

12

5

5

 މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

  ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

45

45

 ޖުމްލަ

 

255

100

100

  • މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/ޕްރެސެނޓޭޝަން އޮންނާނީ 3 ޖުލައި 2019  އާއި  21 ޖުލައި 2019  އާއި ދެމެދު ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާގައި ނުވަތަ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

ސްކްރީން ކުރުމާއި ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތައް، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6780702 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

     

                             

                            10 ޝައްވާލް 1440

                            13 ޖޫން   2019 

                                                            އިސްމާޢީލް އިބްރާހީމް

                                                            ކައުންސިލްގެ ރައީސް

  

13 ޖޫން 2019