މަޤާމު:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް
|
ރޭންކު:
|
CSC4-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ޕްރޮފެޝަނަލްސް
|
ޑިވިޜަން/ސެކްޝަން:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް ޑިވިޜަން/ރެކްރޫޓްމަންޓް
|
ސެކްޝަނުގެ މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން
|
މުސާރަ:
|
މަހަކު -/8740 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ
|
ކޮމިޝަން އެލަވަންސް:
|
މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
2 (ދޭއް)
|
ގިންތި:
|
ދާއިމީ
|
އަސާސީ ޝަރުތު:
|
ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައް އިދާރާތަކުން ކުރާގޮތް މޮނިޓަރކޮށް، ގަވާއިދާއި އުޞޫލުތަކާ އެއްގޮތަށް އެ މައްސަލަތައް ނިންމުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކާއި ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުގެ ލަފާގެ މަތިން ނިންމަންޖެހޭ ކަންތައްތައް ނިންމުން.
- ސިވިލް ސަރވިސްގެ މަގާމުތައް ރިޒާވްކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ނިންމުން.
- ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުން.
- ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުން ވަކިކޮށް ދިނުމަށް އެދި ހުށަހަޅާ މައްސަލަތައް ނިންމުން.
- ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މަސައްކަތްތައް ނިންމުމުގައި އިދާރާތަކުން އިހުމާލުވާ ކަންކަން ބަލައި ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
- ސިވިލް ސަރވިސްގެ ވަޒީފާގައި ތިބި މުވައްޒަފުންގެ ތެރެއިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެގެން ސިވިލް ސަރވިސްގައި ނުހިމެނޭ މުވައްޒަފުންގެ ގޮތުގައި ކަނޑައެޅޭ މުވައްޒަފުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަން އެންގުމަށްޓަކައި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ކުރުން.
- ސިވިލް ސަރވިސްގެ ރެކްރޫޓްމަންޓް ޕްރޮސެސްތަކުގެ ތެރެއިން ފާހަގަ ކުރެވޭ އާންމު ކަންތައްތަކާ އެ ކަންތައްތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނުގެ ކަމާގުޅޭ ސެކްޝަންތަކާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެ ކަންކަން ގެނައުން.
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާއާ ބެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާތަކާ ގުޅޭގޮތުން އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑ އެކުލަވާލުމާއި ގުޅިގެން މުވައްޒަފުންގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރާވައި "ސީއެސް ވިއުގަ 2.0" އިން އެޕްރޫވްކުރުން.
- ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް އެންގުމުން އިދާރާތަކުގެ ރަޖިސްޓްރީތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، އެ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެޕްރޫވްކުރުން.
- ވަޒީފާއާބެހޭ ޓްރައިބިޔުނަލުން ނުވަތަ ކޯޓުތަކުން ނިންމާ ނިންމުންތަކާ ގުޅިގެން ތަންފީޒުކުރުމަށް އަންގާ ކަންތައްތައް ތަންފީޒުކުރުމަށް ހަވާލުކުރެވިފައިވާ އިދާރާތަކަށް އެންގުމާ ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- "ސީއެސް ވިއުގަ 2.0" ގެ ތެރެއިން ހުށަހަޅާ މައްސަލަތައް ނިންމުން.
- "ސީއެސް ވިއުގަ 2.0" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- "ސީއެސް ވިއުގަ 2.0" ގެ އެކްސެސް ދެވިފައިނުވާ އިދާރާތަކުން ނިންމާ ވަޒީފާގެ މައްސަލަތަކުގެ މައުލޫމާތު "ސީއެސް ވިއުގަ 2.0" އަށް އަޕްޑޭޓްކުރުން.
- ރެކްރޫޓްމަންޓް ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި، ކޮމިޝަނުގެ އިދާރާގެ ޚާއްސަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ކޮމިޝަނަރުންނާއި ކޮމިޝަނަރުންގެ ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2019 ޖޫން 23 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
- އެޕްޓިޓުއުޑް ޓެސްޓް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
- ޕްރެކްޓިކަލްސް - (ކަނޑައެޅިފައިވާ އިން ސައްތަ: 10)
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައެޅިފައިވާ އިން ސައްތަ: 35)
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2019 ޖޫން 24 ން 2019 ޖުލައި 18 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|
|
10 ޝައްވާލު 1440ހ
13 ޖޫން 2019މ
|