ދިވެހިރާއްޖެ
146-A1/2019/102:ނަންބަރު
އިޢުލާން
މިކޯޓުގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި ކޮށްފައިވާ ނަންބަރު 146A1/2019/38 (21 ފެބުރުއަރީ 2019) އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: |
ކޮމްޕިއުޓަރ ޓެކްނީޝަން |
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް.އެސް 1 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީ ކޯޓު / އައިޓީ އެންޑް ކޮމިއުނިކޭޝަން |
އަސާސީ މުސާރަ: |
މަހަކު 5610/- ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު). - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުންރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، ޖީ.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީހުގެ މަސައްކަތަށް ބޭނުންވާ އެންމެ އެކަށޭނަ އަ.އި.ޓީ އިންފްރާސްޓްރަކްޗަރ ޤާއިމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން. - އޮފީހުން ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، އޮންލައިން ޕޯޓަލް ޑިވެލޮޕްކޮށް ބެލެހެއްޓުމާއި، ޑޭޓާބޭސްއަށް ބޭނުންވާ އަޕްޑޭޓްތައް ހޯދާ އިމްޕްލިމެންޓްކުރުމާއި، ޑޭޓާބޭސްއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުމާއި، މިނޫންވެސް ޑޭޓާބޭސް ބެލެހެއްޓުމާގުޅޭ އެންމެހައި ކަންކަން ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން. - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ހޯދާ ހާޑްވެއަރ އާއި ސޮފްޓްވެއަރ ބެލެހެއްޓުން. - ނެޓްވާރކް އެޅުމާއި، ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން. - އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާއި ޕްރިންޓަރތަކާއި އެހެނިހެން އައި.ޓީ ދާއިރާއާ ގުޅޭ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހައްލު ނުކުރެވޭވަރުގެ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން. - އައި.ސީ.ޓީ ސިސްޓަމްސްއާއި ޕެރިފެރަލްސް އިންސްޓޯލްކޮށް ކޮންފިގާރ ކުރުމާއި އެތަކެތި މެއިންޓެއިން ކުރުން. - އެކްސެސް ކޮންޓްރޯލް ސިސްޓަމްތަކާއި އެޓެންޑަންސް ސިސްޓަމްތައް ބެލެހެއްޓުމާއި، ކާޑް އިޝޫކުރުން. - އައި.ސީ.ޓީ ސާވާރ ރޫމުގެ ސެކިއުރިޓީއާއި، ސާވާރ އެންވަޔަރަންމަންޓް ރަނގަޅަށް ބެލެހެއްޓުން. - ސާވާރ އަދި ސްޓޯރޭޖް އިންސްޓޯލްކުރުމާއި މެއިންޓެއިން ކުރުން، އަދި މިފަދަ ތަކެތީގެ ބެކަޕް ނެގުން. - ޔޫސާރ އެކައުންޓްސް، ޔޫސާރ ރައިޓްސް އަދި މެއިލް އެކައުންޓްސް ހަދައިދީ، އެ ތަކެތި ބެލެހެއްޓުން. - އޮފީހުގެ ވެބްސައިޓްގެ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމާއި ޑެއިލީ އަޕްޑޭޓް ގެނެއުން - މެމްސް އިން ނަންބަރު ނެގުމާއި ސެކްޝަންތަކަށާއި އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ފޯމު ސުޕަވައިޒަރުގެ ހުއްދައާއެކު ފޮނުވުން. - އައި.ސީ.ޓީ ޕޮލިސީ އެންޑް ޕްރޮސީޖަރާ އެއްގޮތަށް މަސައްކަތް ކުރުން. - މީގެ އިތުރުން ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. |
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. - މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |