ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-160/2019/129
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 25 ޖޫން 2019 12:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމަށް މީހަކުބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ

J-116981

ބޭނުންވާއަދަދު:

01 (އެކެއް)

މަޤާމްގެގިންތި:

ދާއިމީ

މަޤާމްގެރޭންކް:

ޖީ.އެސް 3

މަޤާމްގެކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އެޑްމިން

މަޤާމްއޮތްއޮފީސް:

އދ.ދިގުރަށު ސްކޫލް

ވަޒީފާއަދާކުރަންޖެހޭތަން:

 އދ.ދިގުރަށު ސްކޫލް

މުސާރަ:

-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސްއެލަވަންސް:

-/1500 (އެއްހާސް ފައްސަތޭކަ ރުފިޔާ)

ކޯ އެލަވަންސް

 -/700 (ހަތްސަތޭކަ ރުފިޔާ)

އިތުރުޢިނާޔަތްތައް:

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދާއިރާ:

 

ހިއުމަން ރިސޯސް މެނޭޖުމަންޓް، ބިޒްނަސް މެނޭޖުމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
  1. ސްކޫލުން ހަމަޖައްސާ ޑިއުޓީތާވަލްގައިވާ ގޮތުގެ މަތިން ސްކޫލް ހުޅުވާލެއްޕުން.
  2. މުވައްޒަފުނާ ގުޅުން ހުރި އެކި ރަޖިސްޓްރީތައް ބެލެހެއްޓުން.

2.1   ސްކޫލުން ވަޒީފާ ދެއްވާ، ވަކިވާ، ޓްރާސްފަރވާ ނުތަވަ މަޤާމް އަދި ރޭންކަށް ބަދަލު އަންނަ މުވައްޒަފުންގެ މަޢުލޫމާތު ސްކޫލް މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީ (މާސްޓަރ ރަޖިސްޓްރީ)އަށް  އަޕްޑޭޓް ކުރުން.

2.2   ސްކޫލުން ވަޒީފާ ދެއްވާ ނުވަތަ ސްކޫލަށް ޓްރާސްފަރވާ މުވައްޒަފުންގެ މަޢުލޫމާތު ވަގުތީ ރަޖިސްޓްރީ އަށް އިތުރުކޮށް، ވަކިވާ ނުވަތަ ސްކޫލުން ޓްރާސްފަރވާ މުވައްޒަފުންގެ މަޢުލޫމާތު އުނިކޮށް، މުވައްޒަފުންގެ މަޤާމަށާއި ރޭންކަށް އަންނަ ބަދަލުތައް އަޕްޑޭޓް ކުރުން.

2.3   ސްކޫލުގެ މަޤާމުތަކަށް އަންނަ އުނިއިތުރުތައް ސްކޫލް މަޤާމްތަކުގެ ރަޖިސްޓަރީ އަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

2.4   މަޤާމަށް އަންނަ އުނިއިތުރާއި ވަޒީފާދެއްވާ އަދި ވަޒީފާއިން ވަކިކުރާ، މުވައްޒިފުންގެ ސްޓޭޓަސް އެސް.އޭ.ޕީ ސިސްޓަމަށް އަޕްލޯޑްކުރުން.

2.5   ސްކޫލްގެ ގޫގަލް ޑްރައިވްގެ ސްޓާފް އިންފޯ ޝީޓް ދުވަހުން ދުވަހަށް އަފްޑޭޓް ކުރުން.

  1. ހަވާލުކުރެވިފައިވާ މުވައްޒަފުންނާ ގުޅޭ ހުރިހާ ޑޮކިއުމަންޓް (ތަޢުލީމީ ސެޓްފިކެޓް، އައިޑީ ކާޑު ކޮޕީ، އީއޭ އޮރިޖިނަލް، ވޯކްޕަރމިޓް ކޮޕީ، ވަޒީފާ ބަޔާން، ވަޒީފާދެއްވިކަމުގެ ލިޔުން/ޗިޓް، އަދި މިނޫންވެސް އެމުވައްޒަފަކާ ގުޅުންހުރި ލިޔުންތައް) މުވައްޒަފުގެ ޕަރސަނަލް ފައިލްގައި ފައިލްކުރުމާއި ސްކޭންކޮށް ސަރވަރގައި ސޮފްޓް ރައްކާކޮށް ބެލެހެއްޓުން.
  2. އެކަޑަމިކް އަދި އިދާރީ މުވައްޒިފުންގެ ވަޒީފާއާބެހޭ އެންމެހާ މަސައްކަތްތައްކުރުން.

4.1   ސްކޫލުގެ މަޤާމެއް ހުސްވެއްޖެ ހިދެއްގައި މިމަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހުއްދަހޯދުން.

4.2   މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހުއްދަ ލިބުމުން ވެރިއެއްގެ ލަފާގެ މަތިން މަޤާމް އިޢުލާން ކުރުން.

4.3   މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ހުށައެޅުމުން ސިވިލްސަރވިސް ގަވާއިދުގައި ކަޑައެޅިފައިވާ ގޮތުގެމަތިން ޑޮކިއުމަންޓްސް ހުށައަޅާފައިވޭތޯ ބަލާ ޗެކްކޮށް ފޯމް ބަލާގަތުން

4.4   ހުސްވެފައިވާ މަޤާމަށް މީހަކު ހޮވުމަށްޓާކައި އިންޓަވިއުއަށް ކިޔުން.

4.5   ވެރިއެއްގެ ލަފާގެ މަތިން އިންޓަރވިއު ޕެނަލްގައި ހިމެނޭ ފަރާތްތަކަށް އިންޓަރވިއުގަޑި އިންފޯމް ކޮށް، އިންޓަރވިއު ފޯމް އަދި އިންޓަވިއު ބޭއްވޭ ތަން ތައްޔަރުކުން.

4.6   އިންޓަރވިއުން ހޮވޭ ފަރާތަށް މަޤާމަށް ހޮވުނުކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން.

4.7   އިންޓަރވިއުން ނުހޮވޭފަރާތްތަކަށް މަޤާމަށް ނުހޮވޭ ކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން.

4.8   މަޤާމަށް ހުށައަޅާފައިވާ ފަރާތްތަކުގެ އިންޓަރވިއު ނިމުމުން އޭ1 ފޯމް އަދި އޭ2 ފޯމް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތިން ޑޮކިއުމަންޓްސް ހަމަކޮށް ސިވިލްސަރވިސް ވިއުގައަށް އަޕްޑޭކޮށް އެޗްއާރު ހެޑް ނުވަތަ އޮފީސް ހެޑް އަށް ފޮނުވުމާއި ސެޕްސިސްޓަމަށް އަޕްލޯޑްކުރުން.

4.9   ވަގުތީ މަޤާމުތަކަށް ހޯދޭ މުވައްޒަފުންނާއި، ބިދޭސީ މުވައްޒަފުންނަށް ހަދަންޖެހޭ ވަޒީފާގެ ކޮންޓްރެކްޓް ހެދުމާއި ހުރިހާ މުވައްޒަފުންގެ ވަޒީފާ އެއްބަސްވުންތަކާއި ދާއިމީ މުވައްޒިފުންގެ ވަޒީފާ ބަޔާންތައް ހަދާ މުވައްޒިފުންނާއި ހަވާލުކުރުން.

4.10          ވަޒީފާއިން ވަކިވާ މުވައްޒަފުންނާ ވަކިކުރެވޭ މުވައްޒިފުންގެ ޑޮކިއުމަންޓްސް ހަމަކޮށް ސިވިލްސަރވިސް ވިއުގައަށް އަޕްޑޭކޮށް އެޗްއާރު ހެޑް ނުވަތަ އޮފީސް ހެޑް އަށް ވެރިއެއްގެ ލަފާގެ މަތިން ފޮނުވުން.

4.11          ސިވިލްސަރވިސް ވިއުގައިން ކުރަންޖެހޭ އެންމެހާކަންކަން ކުރުން.

4.12          ވަޒީފާ ދެއްވި ފަރާތްތަކާއި، ވަޒީފާއިން ވަކިކުރި ނުވަތަ ޓްރާންސްފަރ ކުރި ފަރާތްތަކަށް ޗިޓް ތައްޔާރުކުރުމާއިމުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް، ބަޔާން ނެގުން ފަދަ ކަންކަން ކަމާބެހޭ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން.

4.13          ސްކޫލުން ވަޒީފާ ލިބިލައްވާ ފަރާތްތަކަށް އޮރިއެންޓޭޝަން ޕެކޭޖް ތައްޔާރުކޮށް ވަޒީފާއަށް ނުކުންނަ ދުވަހު މުވައްޒިފަށް އޮރިއެންޓަރޝަން ދިނުން.

4.14          ސްކޫލުގެ މުވައްޒިފުންނަށް ބޭއްވޭ ޓްރެއިނިންގ ޕްރޮޤްރާމް ތަކުގެ މަޢުލޫމާތު އެމުވައްޒުފަކާއި ހަވާލުވެފައިވާ ސުޕަވައިޒަރެއްގެ ފަރާތުން ހޯދާ އެމަޢުލޫމާތު ރެޖިސްޓަރ ކުރުން.

4.15          ހަވާލުވެފައިވާ މުވައްޒަފުން ވަޒީފާއަށް ހާޒިރުވާ ފުރަތަމަ ދުވަހު އެމުވައްޒިފަށް ސްޓާފް އައިޑީ ކާޑު ހަދާ ހަވާލުކޮށް ސްކޫލްގެ ވަޒީފާ ދޫކޮށްދާ މުވައްޒިފުންގެ ސްޓާފް އައިޑީކާޑު އަބުރާ ހޯދުން.

4.16          ޓީޗަރުން ވަޒީފާއަށް ހާޒިރުވާ ފުރަތަމަ ދުވަހު ކޮންމެ ޓީ ޗަރަކަށް ސްޓާފް ލޮކަރު އަދި ސްޓާފް އައިޑީ ކާޑު ހަވާލުކޮށް ސްކޫލްގެ ވަޒީފާ ދޫކޮށްދާ މުވައްޒިފުންގެ ލޮކަރު ތަޅުދަނޑި އަދި ސްޓާފް އައިޑީކާޑު އަބުރާ ހޯދުން.

  1.  ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ދާއިމީ ސްޓާފް ކާޑު ހަދާދީ ހަވާލުކުރަންވާނެއެވެ.
  2. މުވައްޒަފުންގެ ކޮންޓެކްޓް ލިސްޓް އަޕްޑޭޓްކޮށް ސަރވާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން ފޯލްޑާރ ގައި ބެހެއްޓުން؛

6.1 މުވައްޒިފުންގެ އެކިއެކި އެސް އެމް އެސް ލިސްޓް ތައްޔާރުކޮށް ސަރވަރގެ އެސް.އެމް.އެސް ފޯލްޑަރ އަށް ލުމާއި މުވައްޒިފުންގެ ކޮންޓެކްޓް ލިސްޓަށް އަންނަ އުނިއިތުރު މުވައްޒަފުންގެ އެސް.އެމް،އެސް ލިސްޓަށް ބަދަލުގެނައުން.

  1. މުވައްޒަފުންގެ މަޢުލޫމާތާއި ސްޓޭޓާސް މެމިސް ޑޭޓާބޭސް އަށް އަދި ޤޫޤަލް ޑްރައިވްގެ ޝީޓްތަކަށް އަޕްޑޭޓް ކުރުން.
  2. ސްކޫލަށް ލިބޭ އަދި ސްކޫލުން ފޮނުވާ ސިޓީ ފަދަތަކެއްޗަށް ޖަވާބުދިނުމާއި މުވައްޒިފުންނަށް އަންގަންޖެހޭ އެންގުންތައް އަންގާ ސޮއިކުރުވުން:

8.1   އެކިއެކި ފަރާތްތަކުން ސްކޫލަށް ފޮނުވާ ސިޓީ، ނޯޓް ފަދަތަކެއްޗަށް ޖަވާބު ފޮނުވުން.

8.2   ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުން، ސިޓީ، ނޯޓް އަދި މެމޯ ފަދަތަކެތި ޑްރާފްކޮށް އެފަރާތްތަކަށް ފޮނުވުން.

8.3   ސިޓީ ފޮނުވިފައިވާ ފަރާތްތަގެ ތެރެއިން ޖަވާބު ހޯދަންޖެހޭ ފަރާތްތަކުން ޖަވާބުހޯދާ ވެރިއަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.

  1. އަހަރުފެށުމުގެ ކުރިން އެމުވައްޒަފެއް ފައިލްކުރަން ބޭނުންކުރާ ފައިލްތައް އަދި ފޮތްތައް ހެދުން.

މުވައްޒިފުންގެ ނޯޕޭލީވް ހަމަޖެއްސުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ފޮނުވާ، ހަމަޖެއްހުމުން އެސް.އޭ.ޕީ  އަޕްލޯޑްކޮށް ނޯޕޭލީވް ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް، މުވައްޒިފުންނަށް އެންގުން.

10. ސްކޫލުގެ އިންވެންޓްރީ ބެލެހެއްޓުން.

ޝަރުޠު

  1.  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ' ހަޔަރ ސެކަންޑްރީ ސްކޫލު' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑްލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު                                              
- މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު                                              
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން                        

އިންޓަރވިއު ކުރުން

  1. މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އަދި ގަޑި،އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
  2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯރޓް ލިސްޓުކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  3. މިމަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.މިމަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެ ވާހަކަދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

ވަޒީފާއަށް އެދޭ ފޯމު ދިގުރަށު ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   2019  ޖޫން 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ދިގުރަށު ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ % 45 އެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން އދ.ދިގުރަށު ސްކޫލުގެ އޮފީސް ނަންބަރ 6680841 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

13 ޖޫން 2019