ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ(IUL)370-ESMS SC/370/2019/18
އިއުލާން
ޚިތާނުކުރުމާ ގުޅޭ.
2019 ނޮވެންބަރު 24 ވަނަދުވަހުން ފެށިގެން 01 ހަފުތާގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޚިތާނުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2019 އޮގަސްޓް 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއިން ދޫކުރާ ފޯމް ފުރިހަމަކުރުމަށް ފަހުގައެވެ. ފޯމް ލިބެންހުންނާނީ މިއިދާރާގެ ކައުންޓަރުންނެވެ.
ވީމާ މިއިދާރާއިން ދޫކުރާ ފޯމް ފުރިހަމަކޮށް، މިކަމުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކު ދައްކަންޖެހޭ -/2000 ރުފިޔާގެ ފީއާއިއެކު ފޯމް ހުށަހެޅުމަށް އެދެމެވެ. އަދި މިކަމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ. އިތުރުމަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ނަންބަރަކީ 9992798 އެވެ.
07 ޝަޢުބާން 1440
10 ޖޫން 2019
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ރައީސް