މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/180
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 24 ޖޫން 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ(އެމް.ބީ.އެސް) ބޭނުންކުރާ ބެޑްޝީޓް، ބާލީހު އުރަ ފަދަ ތަކެތި ދޮވުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްދިނުމާއި ދޮވެ ނިމުމުން އެމް.ބީ.އެސް އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

      01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ(އެމް.ބީ.އެސް) ބޭނުންކުރާ ބެޑްޝީޓް، ބާލީހު އުރަ ފަދަ ތަކެތި ދޮވުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އަށް ގެންގޮސްދިނުމާއި ދޮވެ ނިމުމުން އެމް.ބީ.އެސް އަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 ޖޫން 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 23 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:30 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 24 ޖޫން 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ޖޫން 2019 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

10ޝައްވާލް 1440

13 ޖޫން 2019