ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2019/30
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 00:30
ސުންގަޑި: 13 ޖޫން 2019 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019 (ނޯތް ޒޯން / ޒޯން ނޯތް ސެންޓްރަލް ޒޯން)

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

 

ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން (13-16 ޖޫން 2019 – ނ.ހޮޅުދޫ)

 

 

13 ޖޫން އިން 16 ޖޫން 2019 އަށް ނ.ހޮޅުދޫ ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ 16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ، ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން ބެޑްމިންޓަން މުބާރާތް މޫސުން ތަންނުދިނުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަށް ނުހަނު ދަތިވެފައިވާތީ، ސްކޫލް ތަކުގެ އެދުމުގެ މަތިން މުބާރާތުގެ ތާރީޚު ފަސްކޮށްފައިވާކަން އެންމެހާ ސްކޫލް މަދަރުސާ ތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މުބާރާތް އަލުން ކުރިއަށް ތާވަލްކޮށްގެން ގެންދާނެ ތާރީޚް ވީ އެންމެ އަވަސް ފުރުޞަތެއްގައި އެންމެހާ ފަރާތްތަކާ ޙިއްޞާކޮށް އިޢުލާން ކުރާނެވާހަކަވެސް ދަންނަވމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން  ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

12 ޖޫން 2019

12 ޖޫން 2019