ދިވެހިރާއްޖެ
އިޢުލާން
ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތާއި ދެމެދު ހަދާފައިވާ ޑެކްމަތި ހިޔާކުރުމާއި ގޯޑައުން އިމާރާތުގެ 4 ވަނަފްލޯ ސީލިންގ މަރާމާތުކުރުމާއި ގްރައުންޑް ފްލޯ 2 ފާޚާނަ މަރާމާތުކުރުމާއި އޮޑިޓޯރިއަމްގައި ބޯޑަރފަތި އެޅުމަށް.
ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތާއި ދެމެދު ހަދާފައިވާ ޑެކްމަތި ހިޔާކުރުމާއި ގޯޑައުން އިމާރާތުގެ 4 ވަނަފްލޯ ސީލިންގ މަރާމާތުކުރުމާއި ގްރައުންޑް ފްލޯ 2 ފާޚާނަ މަރާމާތުކުރުމާއި އޮޑިޓޯރިއަމްގައި ބޯޑަރފަތި އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައިކ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)438-AU/1/2019/12 އިއުލާނު ބާތިލުކޮށް ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ގްރީންބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތާއި ދެމެދު ހަދާފައިވާ ޑެކްމަތި ހިޔާކުރުމާއި ގޯޑައުން އިމާރާތުގެ 4 ވަނަފްލޯ ސީލިންގ މަރާމާތުކުރުމާއި ގްރައުންޑް ފްލޯ 2 ފާޚާނަ މަރާމާތުކުރުމާއި އޮޑިޓޯރިއަމްގައި ބޯޑަރފަތި އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މި މިސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ޖޫން 19 ވަނަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ.