ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)256/2019/46
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 25 ޖޫން 2019 12:00
ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހެއްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

އިޢުލާން

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

 

މަސައްކަތު

މަޤާމް:

J-309046

މަޤާމުގެ ނަމްބަރ

01 (އެކެއް)

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް.  1

ރޭންކް:

ސަޕޯޓް ސަރވިސް، ގްރޭޑް 1

ކްލެސިފިކޭޝަން

ހއ.މުރައިދޫ ކައުންސިލް އިދާރާ

އެކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލްސަރވިސް

އޮފީސް / އިދާރާ

ސެކްޝަން

މަސްޖިދުލް އިޙާޢު   / ހއ.މުރައިދޫ

ވަޒީފާއަދާކުރަން ޖެހޭ ތަން:

3100.00 ރުފިޔާ

މުސާރަ:

1000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2-      ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

4-      ސަޕޯރޓިން ކޯ އެލަވަންސް 1: މަހަކު -/1200 ( ބާރަސަތޭކަ ރުފިޔާ )

އިތުރު އިނާޔަތްތައް

1-      ލިޔަންކިޔަން އެނގުން

( ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ އިދާރާ    އަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ. )

 

މަގާމުގެ ޝަރުތުތައް:

1-      ކައުންސިލުން ކަނޑައަޅާ ތާވަލާއި އެއްގޮތަށް މިސްކިތުގެ އިމާމް އަންގާ ގޮތެއްގެ މަޓީން މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން

2-      މިސްކިތުގެ ކުޑަ ދޮރުތަކާއި ބޮޑުދޮރުތައް ފުހެ ސާފުކުރުން

3-      ކޮންމެ ދުވަހަކު މިސްކިތުގެ އެތެރެއާއި ފެންޑާ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕުއެޅުން

4-      މިސްކިތު ގޯތިތެރެއާއި މިސްކިތު ވަށައިގެންވާ މަގުތައް ސާފް ކުރުން

5-      ވުޟޫކުރުމަށް ބޭނުންކުރާ ފެންވަޅުގެ ދިޔަހިއްކުން

6-      ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން ފާޚާނާއާއި، ވުޟޫކުރާ އިސްކުރުބަރި ސާފްކުރުން.

7-      މިސްކިތުގެ ކުޑަދޮރުތަކާއި، ބޮޑުދޮރުތަކުގެ ބިއްލޫރިތައް ސާފްކުރުން

8-      މިސްކިތު ގޯތިތެރޭގައި އިންދާފައި ހުންނަ ގަސްތައް ރީތިކޮށް ބެލެހެއްޓުން

9-      މިސްކިތުގެ ފުރާޅާއި،ދިޔަދޮވި ސާފްކޮށް ބެލެހެއްޓުން

10-  މިސްކިތުގައި ކުރަންޖެހޭ ކުދި މަރާމާތުކުރުން

11-  މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކޮށް ބެލެހެއްޓުން

12-  މިސްކިތުގައި އިންތިޒާމްކުރާ ދީނީ ނަސޭހަތް ދިނުން ފަދަ ކަންކަމުގައި ކުރަންގެހޭ ކަންކަން ކުރުން

13-  ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން

14-  ކޮންމެ ނަމާދެއްގެ 15 މިނެޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވައި ލައިޓްތައް ދިއްލައި ފަންކާތައް ޖެހުން. އަދި ނަމާދުގެ ޖަމާޢާތް ނިމުމުން މީހުން ނެތް ދިމާލުގައި ހުންނަ ފަންކާތައް ނިވައި ދިއްލާފައި ހުންނަ ލައިޓްތައް ނިވާލުމާއި ދޮރުތައް ލެއްޕުން

15-  މިސްކިތުގެ ޙުރުމަތް ކެނޑޭ ފަދަ ޢަމަލެއް ނުވަތަ އިޖުތިމާޢީ މިންގަނޑުތަކާއި ޙިލާފު ޢަމަލެއް މިސްކިތުގެ ސަރަޙައްދުގެ ތެރޭގައި ނުކުރުން

16-  މިސްކިތް ބެލެހެއްޓުމާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

1-      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mv ން ލިބެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4-      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮއްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮއްފައިވާ ލިޔުމުގެ ކޮޕީ

6-        ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮއްފައިވާނަމަ، އަދާކޮއްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮއްފައިވާނަމަ، އަދާކޮއްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ފޯމް   

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ތައުލީމާއި ތަމްރީން ( ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން ) %26

2-      މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ %26

3-      ލިބިފައިވާ މަސައްކަތުގެ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް ) %48

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ    ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހއ.މުރައިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފައަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 01 ޖުލައި 2019 އާއި 10 ޖުލައި 2019 އާ ދެމެދު ހއ.މުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޙުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު

 

% 35 ( ތިރީސް ފަސް އިންސައްތަ )

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500032 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

 

 

     

12 ޖޫން 2019