ތަމްރީނު
ނަންބަރު: (IUL)438-HRU/438/2019/145
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 25 ޖޫން 2019 12:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖަރެންޓް ޑްރައިވިންގ ލައިސަންސް ސެޓްފިކެޓް ޕްރޮގްރާމް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އާ ގުޅިގެން ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސްގެ ނަމުގައި ރެފްރިޖެރޭޝަން ސެޓިފިކޭޓް ޕްރޮގްރާމްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ އެ ދާއިރާގައި ބޭނުންކުރާ އިކުއިޕްމަންޓް އަދި ގޭސް ގެންގުޅުމުގައި ބައިނަލްއަޤްވާމީ  ފެންވަރުގައި ކަނޑައެޅިފައިވާ ސްޓޭންޑާޑްތަކުގެ ދަށުން ތަމްރީނު ލިބިފައިވާ ޓެކްނީޝަންތަކަކަށް ހެދުމެވެ.

މި ޕްރޮގްރާމް ހިންގުމަށް ޤަސްދުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މާލޭގައެވެ. މި ޕްރޮގްރާމް ހިންގާނީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ ޓެކްނިކަލް އެކްސްޕާޓްއިންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ޕްރޮގްރާމްގައި ރަޖިސްޓަރކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

އިތުރުމައުލޫމާތު:

ފޯން: 3018369، 3018361

ފެކްސް: 3018301

އީމެއިލް: [email protected]

 

ކެންޑިޑޭޓުންގެ ޝަރުތު

  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއިން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުން.

 ނުވަތަ

  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި ކިޔަވައިދިނުމަށް މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން

އަދަދު

8 ފުރުސަތު

ހުށަހަޅަންޖެހޭ ތަކެތި

  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ މަތީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައެޅި އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ސުންގަޑި

25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ކައުންޓަރަށް، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، " ރެފްރިޖެރެންޓް ޑަރައިވިންގ ލައިސަންސް ޕްރޮގްރާމްގައި ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ[email protected]  އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

ރަޖިސްޓަރކުރުމަށް އެދި ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުވާނަމަ، އެފަދަ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

12 ޖޫން 2019