ދިވެހިރާއްޖެ
(IUL)337-C-AB/337/2019/38: ނަމްބަރ
އިޢުލާން
މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "އަންހެނުންގެ އުފާ" ބިމުގެ "ހޮޓާ އިމާރާތް" ކުއްޔަށް ދިނުމާއި ގުޅޭ (.)
މާފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ "އަންހެނުންގެ އުފާ" ބިމުގައި އިމާރާތް ކޮށްފައިވާ "ހޮޓާ އިމާރާތް" 01 ޖުލައި 2019 ން ފެށިގެން ކުރިއަށްއޮތް 6 މަސްދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 17 ޖޫން 2019ވާ ހޯމަ ދުވަހުގެ 13:00އަށް މިއިދާރާގެ މީޓިންގ ރޫމަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި އެސްޓިމޭޓް ހުށަހެޅުން އޮންނާނީ 25 ޖޫން 2019ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
މިކަމާއިގުޅިގެން މީގެކުރިން މިއިދާރާއިންކުރި ނަންބަރ: (IUL)337-C-AA/337/2019/34 (19 މެއި 2019) އިޢުލާނުގައި މުއްދަތު ކުރުކަމަށް ކަމާއިބެހޭ ފަރާތަކުން އަންގާފައިވާތީ މިއަދުން ފެށިގެން އެ އިޢުލާނާއި އެއިޢުލާނުގެ ދަށުން ކުރެވިފައިވާ އެގްރީމަންޓް ވަނީ ބާޠިލްކޮށްފައެވެ.
11 ޖޫން 2019