ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/28
އިޢުލާން
ސާފް ގޭމްސް އަށް ބެޑްމިންޓަން ސްކޮޑް އެކުލަވާލުމާގުޅޭ
2019 ވަނަ އަހަރު ޑިސެމްބަރުމަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފްގޭމްސްގައި ޤައުމީ ބެޑްމިންޓަން ޓީމްއިންވަނީ ވާދަކުރުމަށް ހަމަޖެހިފައެވެ. މިމުބާރާތަށް ޓީމު ތައްޔާރުވުމުގެ ގޮތުން ސްކޮޑް އެކުލަވާލާއިރު އިތުރު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށްހަމަޖެހިފައިވާތީ، ސްކޮޑްއަށް ވަނުމުގެ ޝައުގުވެރިކަންހުރި 15 އަހަރާއި 30 އަހަރާއި ދެމެދުގެ ކުޅުންތެރިން 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1400 ގެ ކުރިން އެފަރާތުގެ ވަނަވަރު އަދި އައިޑީކާޑު ކޮޕީ މިއެސޯސިއޭޝަންއަށް ހުށައެޅުންއެދެމެވެ.
މިގޮތުން ސްކޮޑަށްކުޅުންތެރިން ނެގުމަށްހަމަޖެހިފައިވަނީ ޓްރެއަލް މުއްދަތުގައި ކުޅުންތެރިޔާގެ ޕާރފޯމެންސް އަށް ބެލުމަށްފަހުގައެވެ.
10 ޖޫން 2019