ދިވެހިރާއްޖެ
ލެޑް ލައިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.
ފ. ދަރަނބޫދޫ ފުޓްސަލްދަނޑުގައި ޖެހުމަށް ބޭނުންވާ 400 ވޯޓްގެ 12 ލެޑް ލައިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި ނަންބަރު: (IUL)373/INDIV/2019/9 (19 މެއި 2019) ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 18 ވާ އަންގާރަދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޝައްވާލް 1440
11 ޖޫން 2019