ދިވެހިރާއްޖެ
އިޢްލާނު
ވަޒީފާގެ ފުރުޞަތު
މިކައުންސިލް އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ
މަޤާމްގެ ނަމްބަރ: J-229622
ބޭނުންވާ ޢަދަދު: 01
މަޤާމްގެ ގިންތި: ދާއިމީ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކުނިކަލް އޮފިސަރ ގުރޭޑް 1
މަޤާމްގެ ރޭންކް: އެމް. އެސް. 1
ވަޒީފާއަދާ ކުރަންޖެހޭ ތަން: ނ. މާޅެންދޫ ކައުންސިލްގެ އިދާރާ ، ނ. މާޅެންދޫ
މުސާރަ: -/5610 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް: -/700 ރުފިޔާ
އިތުރު އިނާޔަތްތައް:
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓުރިބިއުޝަން
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
- އިޖުތިމާޢީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ ކަންތައްތައް ބެލެހެއްޓުން
- އިޖުތިމާޢީ ސަރަހައްދު ދިއްލުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
- އެކި ބޭނުންތަކަށް މަގުތަކުގެ ކޯރުކޮނުމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
- ކުނިނައްތާލުމާއިބެހޭ މަސައްކަތްތައް ބެލެހެއްޓުން
- ނަރުދަމާގެ ކަންތައްތައް ބެލެހެއްޓުން
- ބޯފެނުގެ ކަންތައްތައް ބެލެހެއްޓުން
- ބަނދަރު ދިއްލުމުގެ ކަންތައްތައް ބެލެހެއްޓުން
- ބަނދަރު މަރާމާތު ކުރުމާއި ، ބޭނުންކުރުމުގެ ކަންތައްތައް ބެލެހެއްޓުން ގޯތި ދޫކުރުމާއި ، ވަކިކުރުމާއި ، ބޭނުންކުރުމުގެ ކަންތައްތަކާއި ، ރަށުގެ ލޭންޑްޔޫސް ޕުލޭނަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
- ގެދޮރު އިމާރާތްކުރުމާއިބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން
- އޮފީހުގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރި ވުމާއި ،އޮފީހުގެ މަސައްކަތު ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން .
މަޤާމުގެ ޝަރުތުތައް:
މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ
ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން .
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް
ކޮމިޝަނުގެ ވެބުސައިޓުންނާއި އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑުރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ
ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން
ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް
ނެތްކަމަށް ،ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ،
(ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ
މަތީތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސް ކުރިޕްޓްގެ ކޮޕީ؛
ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު
ކުރެވޭނެ ކަމަށް މޯލްޑިވުސް ކޮލިފިކޭޝަން އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ،
(ށ) މަތީތަޢުލީމްދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި
ޓުރާންސްކުރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ކޮޕީ،
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ
ކޮޕީ.
- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ، ސެޓްފިކެޓް
ލިބިފައިވާނަމަ އެސެޓްފިކެޓްގެ ކޮޕި.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުނަފުންޏެއްގައި ވަޒީފަ
އަދާކޮށްފައިވާނަމަ ، އަދަކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާއެއްގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު
ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން .
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދަރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ
ވަޒީފާ، ވަޒީފަ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ
މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ؛ ނުވަތަ ވަޒީފާ އަދާކުރިގޮތް
އަންގައިދޭ ރެފަރެންސް ޗެކުފޯމް. ވަޒީފާއަށް އެންމެ ޤާބިލުމީހާހޮވުމުގައި ބަލާނީ ސިވިލްސަރވިސްގެ
ވަޒީފަތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 01 މެއި 2018 ގައިވާ
ގޮތުގެ މަތިން ތިރީގައިމިވާ ކަންތައްތަކަށެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ދާއިރާ |
ބެލޭނެ ބައިތައް |
މާރކްސް |
އިންސައްތަ (% ) |
ކެޓަގަރީގެ ޖުމްލަ އިންސަންތަ |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމް |
65 |
35 |
40 |
ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން |
30 |
5 |
||
އިމްތިހާން |
"ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން" |
12 |
5 |
5 |
މަސައްކަތުގެ ތަޖްރިބާ |
މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖްރިބާ |
23 |
15 |
15 |
ލިބިފައިވާ ހުނަރު |
އިންޓަރވިއު އަދި / ޕްރެކްޓިކަލްސް |
100 |
40 |
40 |
ޖުމުލަ: |
|
230 |
100 |
100 |
ވަޒީފާއާއިގުޅޭ ދާއިރާތައް: މުނިސިޕަލް ސަރވިސަސް
ވަޒީފާއާއިގުޅޭ ތަޢުލީމީ ރޮގުތައް؛
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- އާބަން ސްޓަޑީޒް
މިމަޤާމަށް މީހަކު ހޮވޭނީ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމުލަ %45 (45 އިންސައްތަ)ލިބިގެންނެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 19 ވަނަދުވަހުގެ 14:00 ގެ ކުރިން
މިއިދާރާ (މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި
ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ
،އެކަނޑައަޅައި ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދެ ފޯމް ބަލައި ގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕުރެކުޓިކަލްސް އޮންނާނީ 2019 ޖޫން 20 ން
2019 ޖުލައި 07 އާއި ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ނ. މާޅެންދޫ ކައުންސިލް އިދާރާގައެވެ.
ވުމާއިއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް
ތައްޔާރުވެގެން ތިބުންއެދެމެވެ.
ޝޯޓް ލިސްޓް ކުރުން:
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒިފާއަށް
ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކުސްލިބޭ ފަރާތްތައް ޝޯޓްލިސްޓް
ކުރެވޭނެއެވެ.
އިތުރުމަޢުލޫމާތު ހޯދުން:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560026 އަށެވެ. އަދި އީ މެއިލް ކުރާނީ
[email protected] އަށެވެ.
07 ޝައްވާލް 1440
10 ޖޫން 2019