މަސައްކަތް
ނަންބަރު: (IUL)267/267/2019/22
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 20 ޖޫން 2019 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން

                                                                   ނަންބަރު: (IUL)267/267/2019/22

 

އިޢުލާން

 

           މިކައުންސިލްގެ ނަންބަރު:(IUL)267/267/2019/13 އިޢުލާން ބާތިލްކުރުމަށްފަހު އަލުން ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދުން    

                މިކައުންސިލުގެ ފާރާތުން ދޭ ކުރެހުމަކާއި އެއްގޮތަށް މިކައުންސިލުން ތަރައްޤީކުރާ ކުޑަކުދިންގެ ޕާރކުގެ ވަށާފާރާއި ވޯކުވޭތައް ރާނާ ސިމެންތިޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށް ދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި 03 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

          މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިކައުންސިލްގެ ނަމްބަރ 6520034 އާ ގުޅުއްވުން އެދެމެވެ. 

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                              06 ޝައްވާލް   1440

                              10 ޖޫން     2019

10 ޖޫން 2019