މަޤާމް
|
ހިއުމަން ރިސޯރސް ސްޕެޝަލިސްޓް
|
އަސާސީ މުސާރަ
|
10,500/- ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,500 ރުފިޔާ
|
މަޤާމުގެ ރޭންކް
|
އީ.އެކްސް 4
|
ބޭނުންވާ ޢަދަދު:
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ހިއުމަން ރިސޯސް
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
- މަސައްކަތުގެ ފެންވަރުބަލާ ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އިތުރު 1 އަހަރު ދުވަހަށް އެއްބަސްވުން އާ ކުރެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީ އެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ ސެކްޝަންގެ އިސްމަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުނިން ކަނޑައަޅާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ހިންގުން
- ކުންފުނީގެ އެކިލެވެލްތަކުގެ މުވައްޒަފުން މަސައްކަތު މާހައުލަށް އަހުލުވެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވާ ހިންގުމަށް ޓްރެއިނިންގ ޔުނިޓަށް އިރުޝާދު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން
- މުވައްޒަފުންނާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ ކަމާބެހޭ އިސްފަރާތަކާ ޙިއްސާކުރުން
- މުވައްޒަފުންނާއި ގުޅޭ އެކި ސިޔާސަތުތައް ހެދުމަށް ބޭނުންވާ ރިސާރޗް ހެދުމާއި ސިޔާސަތުތައް އެކުލަވާލުން
- ކުންފުނީގެ ޓްރޭނިންގ ނީޑް އެނަރލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން
- ކުންފުނީގެ ޓްރޭނިންގ ރިކުއަރމަންޓާ އެއްގޮތަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ފަންނީ އެހީތެރިކަންދިނުން
- ކުންފުނީގެ އޮނިގަނޑު އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ރިސަރޗް ހެދުމާއި އަދި އެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން
- މަސައްކަތު މާހައުލުގައި ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން ކައުންސެލިން ދޭންޖެހޭ މުވައްޒަފުންނަށް ކައުންސެލިންގ ދިނުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ޖޫން 13 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000268 އާއި ގުޅުއްވުން އެދެމެވެ.
|