މަސައްކަތް
ނަންބަރު: (IUL)88-ADHR/88/2019/24
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 16 ޖޫން 2019 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

30 މޭ 2019 ގައި ކުރެވުނު ނަންބަރު IUL)88-ADHR/88/2019/22) އިޢުލާން ބާޠިލުކޮށް، މިމިނިސްޓްރީގެ ފަރާތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ރޭވިފައިވާ ހަރާކާތްތަކުގެ އިފްތިތާޙީ ރަސްމިއްޔާތު އިންތިޒާމް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ދެންނެވުނު ރަސްމިއްޔާތު އިންތިޒާމް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

06 ޝައްވާލް 1440

09 ޖޫން 2019