ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-GCF/438/2019/138
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 24 ޖޫން 2019 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ - ޖީ.ސީ.އެފް ޕރޮޖެޗތ

 

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ މަޝްރޫއަށް އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (އޭ.ޕީ.އޯ) އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ (އޭ.ޕީ.އޯ)

 

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 25 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮޖެކްޓް އަށް ފުލްޓައިމް އެސިސްޓަންޓް ޕްރޮޖެކްޓްއޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

 

އެސިސްޓަންޓް ޕްރޮޖެކްޓްއޮފިސަރެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓާއި އެއްގޮތްވާގޮތުގެ މަތިން ރާވައި ހިންގަން އެހީތެރިވުމާއި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެހީތެރިވުން ހިމެނެއެވެ.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:

 

މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.

 

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 18،000.00 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

 

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 24 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ (އިންޓަރވިއު ޕްރެޒެންޓޭޝަންޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް)
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 24ޖޫން 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"    [email protected] އަށް އީމެއިލް އިން ނުވަތަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ.  

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

          ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018396، 3018395 

          އީމެއިލް : [email protected]

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މި އިޢުލާން އާ އެއްކަރުދާސް ކުރެވި އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ3018396، 3018395 އަށް ގުޅުއްވުން އެދެމެވެ.

 

 

                             09 ޖޫން 2019

 

 

 

 

09 ޖޫން 2019