ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/101
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 13 ޖޫން 2019 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
02 މެގަވޯޓްގެ 02 ޖަނަރޭޓަރ ސެޓެެއް ގަތުމާ ގުޅޭ:

ނަންބަރ:FNK-I/IUL/2019/101

އިޢުލާން

 

02 މެގަވޯޓްގެ 02  ޖަނަރޭޓަރ ސެޓެެއް ގަތުމާ ގުޅޭ:

 

މި ކުންފުނީގެ ނަމްބަރު: FNK-I/IUL/2019/091 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސި ހިސާބުތައް އެކަށީގެން ވާވަރަށްވުރެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ. އެހެންކަމުން، މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުތަކާ އެއްގޮތަށް، މި ކުންފުނީގެ ބްރާންޗަށް ބޭނުންވާ 02 (ދޭއް) މެގަވޯޓުގެ 02 (ދޭއް) ޖަނަރޭޓަރސެޓަށް  އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަހާސް (0,000.001 USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

-          ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.

-          އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.

-          ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

-          މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2019  ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވަޑައިގެން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.    

              06 ޝައްވާލް 1440

              09  ޖޫން   2019

09 ޖޫން 2019