ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/104
އިޢުލާން
މި ކުންފުނީގެ ބްެރާންޗަށް ބޭނުންވާ އިންޖީން ޕެނަލެއް ގަތުމާ ގުޅޭ:
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާ އެއްގޮތަށް، އިންޖީން ޕެނަލަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ހާސް (5,000.00 USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.
- އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.
- ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.
- ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.
- މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2019 ވާ ބްރާސްފަތި ދުވަހުގެ 12:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖޫން 2019 ވާ ބްރާސްފަތި ދުވަހުގެ13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
06 ޝައްވާލް 1440
09 ޖޫން 2019