ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)374-A/374/2019/49
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 19 ޖޫން 2019 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

އިޢުލާނު

 

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

156

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ނިލަންދޫ އައްޑަނަ ތެޔޮސެންޓަރު (ފ. ނިލަންދޫ ކައުންސިލް އިދާރާ)

މުސާރަ:

4,400.00 ރުފިޔާ

ސަރވިސް އެލެވަންސް:

1,200.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތެޔޮސެންޓަރަށް ލިބޭ ފައިސާ ބަލައިގަތުމާއި ފައިސާއާބެހޭ ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން.
  2. ތެޔޮސެންޓަރުން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކް ވަކިން ބެލެހެއްޓުމާއި ތެޔޮ ހުސްވުމުގެކުރިން ތެޔޮ ގެނެވޭނެހާ މުއްދަތު އޮށްވައި ތެޔޮފިހާރަ ހިންގުމާ ޙަވާލުވެ ހުންނަ ވެރިއަކަށް ދަންނަވައިގެން ތެލުގެ އޯޑަރު ފޮނުވުން.
  3. ޓޭންކްތަކަށް ތެޔޮ އެޅުމުން ތެލުގެ ޑެލިވަރީ ނޯޓްތަކާއި އިންވޮއިސްތައް ހޯދައި ތެލާ ޙަވާލުވި ފަރާތުގެ ސޮއިކުރުވައި ޑެލިވަރީ ނޯޓްތަކާއި އިންވޮއިސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  4. ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ ތެޔޮފިހާރަ ހިންގުމާ ޙަވާލުވެ ހުންނަ ވެރިއެއްގެ މަޝްވަރާއާއެކު އައި ބަދަލު އެނގޭގޮތަށް އާންމުކޮށް އިޢުލާނުކުރުން.
 
 
 

 

  1. ކްރެޑިޓަށް ދޫކުރާ ތެލުގެ ބިލް ތައްޔާރުކޮށް ރެކޯޑްތައް ބެލެހެއްޓުން. އަދި ފައިސާ ނުލިބި ގިނަދުވަސްވާ ބިލްތަކަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

  1. ތެޔޮ ސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އެތަކެތީގެ ހިސާބު ބެލެހެއްޓުން.

 

  1. ތެޔޮ ސެންޓަރުގެ މުވައްޒަފުންގެ މުސާރަ ޝީޓް ކޮންމެ މީލާދީ މަހެއްގެ 21 ވަނަ ދުވަހު ތައްޔާރުކޮށް ޤަވާޢިދުން މުސާރަ ފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

 

  1. އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.

 

  1. ޚަރަދު ފައިސާގެ ފޮތްތައް ފުރިހަމަކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.

 

  1. ކައުންސިލްގެ މާލިއްޔަތުން ހޯދާ ތަކެއްޗާއި، ތަންތަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ފ. ނިލަންދޫ ކައުންސިލް އިދާރާއާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

 

 

(ހ)

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

 

 

 

(ށ)

މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

 

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާއާއި ލިޔުންތަކުގެ ކޮޕީ.

 

 

 

(ހ)

ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

(ށ)

އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

— ލިބިފައިވާ ތަޢުލީމާއި ތަމްރީނު (40%)

— ލިބިފައިވާ މަސައްކަތު ތަޖުރިބާ (10%)

— ލިބިފައިވާ ހުނަރު  

  1. އިންޓަރވިއު/ ޕްރެކްޓިކަލްސް (45%)

 

 

  1. އިމްތިޙާން (5%)

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖޫން 20 އާއި 22 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

            މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

06 ޝައްވާލް 1440

09 ޖޫން 2019

09 ޖޫން 2019