މަސައްކަތް
ނަންބަރު: (IUL)322-EP/322/2019/61
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 24 ޖޫން 2019 11:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫގެ ފަޅުތެރެއިން މޫދު ވިނަ ނެގުމަށްޓަކައި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

            ބ.ހިތާދޫގެ ފަޅުތެރެއިން މޫދު ވިނަ ނެގުމަށްޓަކައި ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން

 

މިމަސައްކަތާއި ހަވާލުވާ ފަރާތަކަށް ހިތާދޫ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ތިރީގައި އެވަނީއެވެ. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދުމުގެ މަސައްކަތުގައި ތިރީގައިވާ ޚަރަދުތައް ފިޔަވައި ހުރިހާ ޒިންމާއެއް އުފުލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުންނެވެ.

  1. ޕްލޭން ހެދުމުގެ ބޭނުމަށް މާލެއިން ވަޑައިގަންނަވާ 2 ބޭފުޅަކަށް ހިތާދޫ- މާލެ ދެކޮޅު ދަތުރު (ލޯންޗުގައި)
  2. ކައުންސިލްގެ ޚަރަދުގައި ހިތާދޫގައި އެކޮމޮޑޭޝަން ހަމަޖައްސައިދިނުން.
  3. ކައުންސިލްގެ ޚަރަދުގައި ހިތާދޫގައި ކެއުން ހަމަޖައްސައިދިނުން.
  4. ރަށުގެ އިދާރާތަކާއި މަޝަވަރާކުރުމުގެ އިންތިޒާމް ހަމަޖައްސައިދިނުން
  5. ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމް ކޮށްދިނުން.
  6. ކައުންސިލްގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތްކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮފޯސަލް.

  ހ. މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.

  ށ. ހިތާދޫއަށް ދަތުރު ކުރަންޖެހޭނަމަ ދަތުރުކުރުމަށް ޕްލޭންކުރާގޮތް. (ދަތުރުގެ އަދަދު، ބައިވެރިންގެ އަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މިނޫންވެސް ދަތުރާއި ގުޅޭ މަޢުލޫމާތު)

  ނ. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން އެންވަޔަރަމަންޓް މިނިސްޓްރީއިން ޤަބޫލުކޮށް ހުއްދަދިނުމާއި ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމްލައަގު (ދިވެހި ރުފިޔާއިން)

  1. ޕްރޮޕޯސަލް ހުށައަޅަނީ އަމިއްލަ ފަރާތަކުންނަމަ އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުން ހުށަހަޅާނަމަ އެފަރާތެއްގެ ޕްރޮފައިލް.
  2. މަސައްކަތުގައި ބައިވެރިވާ، ނުވަތަ ކުންފުނީގެ ފަންނީ މުވައްޒަފުންގެ ވަނަވަރު.
  3. ކޮންސަލްޓެންޓްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ.
  4. ޕްރޮޕޯސަލް ހުށަހަޅާނީ އަމިއްލަފަރާތްތަކުންނަމަ އެފަރާތެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށައަޅަންވާނެއެވެ. އަދި ކުންފުނި ނުވަތަ އިންވެސްޓްމަންޓަކުން ހުށައަޅާ ޕްރޮޕޯސަލްއާއިއެކު އެފަރާތެއްގެ ރަޖިސްޓްރީ ކޮޕީ ހިމަނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

  1. ޕްރޮޕޯސަލްތައް ހުށައަޅަންވާނީ ބަންދުކޮށް ބ. ހިތާދޫ ކައުންސިލަށް އެޑްރެސްކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށައެޅި ފަރާތުގެ މަޢުލޫމާތު އަދި "ބ.ހިތާދޫ މެނޭޖްމަންޓް ޕްލޭން ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  2. އެކަށީގެންވާ ޕްރޮޕޯސަލްއެއް ލިބިފައިނުވާނަމަ ހުށައަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ބ.ހިތާދޫ ކައުންސިލަށް ލިބިގެންވެއެވެ.
  3. ހުށަހަޅުއްވާ ޕްރޮފޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމައްހަމަޖެހިފައިވަނީ:
  • އަގަށް %85
  • މުއްދަތަށް   
  1. މާލެއާއި ބ. ހިތާދޫއާއި ދެމެދު ޝެޑިއުލް ދަތުރު ހަމަޖެހިފައިވާ ގޮތް:
  • ހުކުރު، ހޮނިހިރު،އާދީއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި، (ސްޕީޑް ލާންޗް)

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގަޑީގައި އަންދާސީ ހިސާބުތައް ކަޑައި މަޢުލޫމަތު އެންޓަރ ކޮށް އަގު ޝީޓުގައި ސޮއި ކުރުން އޮށްނާނެއެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހެދުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާނަމަ މިއިދާރާގެ ކައުންސިލްގެ ރައީސް، ނަންބަރު 9927991 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

09 ޖޫން 2019