ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ބ.ތުޅާދޫ
ދިވެހިރާއްޖެ
މިކޯޓުގެ ނަންބަރު F12C-A/2019/4 ( މެއި 28 2019) ގެ އިޢުލާންގައިވާ މަސައްކަތްތަކުގެ އިތުރުން އިތުރު މަސަކަތްތަކެއް ކުރުމަށް ބޭނުންވާތީވެ، އެ އިއުލާން ބާޠިލްކުރުމަށްފަހު، އަލުން މިމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.
މިކޯޓުގައި ކުރަންހުރި މަސައްކަތްތަކާއި، މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖޫން 18 ވާ އަންގާރަ ދުވަހު 10:30 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 ޖޫން 25 ވާ އަންގާރަ ދުވަހު 10:30 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީތަކުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ތަނުގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.