ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS147-C/2019/10
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 19 ޖޫން 2019 11:00
ގާފަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ޕީޓީއޭ ގެ ފަރާތުން ކުލާސް ރޫމްތައް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން 10 ޓީވީ ހޯދުމަށް ބޭނުންވެއްޖެ

ގާފަރު ސްކޫލް                                             

ކ.ގާފަރު                                                        ނަންބަރު: GS147-C/2019/10                                          

އިޢުލާން

ސްކޫލް ޕީޓީއޭ ގެ ފަރާތުން ކުލާސް ރޫމްތައް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން 10 ޓީވީ ހޯދުމަށް ބޭނުންވެއްޖެ

 

ބީލަން ހުށަހެޅުމުގެ ދައުވަތު

 

  1. މި ސްކޫލުންދޭ ސްޕެސިފިކޭޝަނެއްގެ 10 ޓީވީ ( ލެޑް ) މި ސްކޫލަށް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން ކޮށްފައިވާ ނަންބަރު: GS147-C/2019/08 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން ޢިއުލާން ކުރަމެވެ. އެހެންކަމުން މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ އަދި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބާގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2019 ޖޫން 10 އިން 2019 ޖޫން 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:30 އިން 13:00 އަށް މި ސްކޫލަށް ދުރުވެ، ނުވަތަ 6645077 ނަންބަރ ފޯނަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
  3. މި ޕްރޮޖެކްޓާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 16 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
  5. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގާފަރު ސްކޫލް

ކ.ގާފަރު

ފޯން: 6640577

އީ-މެއިލް: [email protected]

 

06 ސައްވާލު 1440

09 ޖޫން 2019