ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
މަގާމުގެ ނަންބަރު:
|
J 273927
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް
|
މުސާރަ:
|
-/5020 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1,500 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
-/1757 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/700 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- 'ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- 'މަތީ ސާނަވީ' ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- އެންވަޔަރަންމެންޓަލް މެނޭޖުމަންޓު ނުވަތަ އެންވަޔަރަންމެންޓަލް ސައިންސް ގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ޕްރިވެންޝަން ގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ޑިޕާރޓްމަންޓްގެ އިސް އެހެން މުވައްޒަފުންނާއި ގުޅިގެން ތަފާތު މަޝްރޫޢުތައް އެކުލަވާލުމުގައި އެހީތެރިކަން ދިނުން.
- ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެކުލަވާލަ މަޝްރޫޢުތަކަށް ފަންޑުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފަންޑު މެނޭޖްކުރުމުގައި އިސްވެރިންނަށް އެހީތެރިކަން ދިނުން،
- ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި މޮނިޓަރކުރުމަށް ސައިޓަށް ފީލްޑް ވިޒިޓްކޮށް ބޭނުންވާ ޑޭޓާ ކަލެކްޓްކުރުން، އަދި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އިސް ވެރިންނާއި މަޝްވަރާކޮށް އެކަމަށް ހައްލު ހޯދުން،
- ކުނި މެނޭޖްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ހިންގޭ ތަފާތު މަޝްރޫޢުތަކާއި ގުޅިގެން އެކިއެކި އިދާރާތަކުންނާއި، ކައުންސިލްތަކުން ހުށަހެޅޭ މައްސަލަތަކާއި، ޝަކުވާތަށް ލޮގްކޮށް ފިޔަވަޅުއެޅުމުގައި އިސްވެރިންނަށް އެހީތެރިވެދިނުން.
- ޔުނިޓްގެ މަސައްކަތްތައް ދަށުގައިވާ މުވައްޒަފުނާއި ހަވާލުކޮށްގެން ކުރުވުމާއި، އެމުވައްޒަފުން މަސައްކަތްކުރާގޮތް މޮނިޓަރކުރުން،
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ޕްރިވެންޝަން އާގުޅޭގޮތުން ހިންގާ ތަފާތު މަޝްރޫޢުތަކުގެ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން، ޔުނިޓުގެ މުވައްޒަފުންނާއި އެ މަޢުލޫމާތު ބޭނުންވާ އެހެނިހެން ފަރާތްތަކަށް ކޮންމެ ވަގުތަކުމެ މަޢުލޫމާތު ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ޕްރިވެންޝަނާއި ގުޅޭގޮތުން އެކި ޒޯންތަކުގައި ހިންގޭ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، މަސައްކަތު ބައްދަލުވުންތައް ރާވައި އިންތިޒާމްކުރުމުގައި އިސްވެރިންނަށް އެހީތެރިކަން ދިނުން،
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ޕްރިވެންޝަނާއި ގުޅޭގޮތުން މިނިސްޓްރީގައްޔާއި، ތަފާތު މުވައްސަސާތަކުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ޑިޕަރޓްމަންޓް ތަމްސީލުކުރުމާއި، ކަމާއިބެހޭގޮތުން މަޢުލޫމާތު ދިނުން،
- ވޭސްޓް މެނޭޖްމަންޓާއި ޕޮލިއުޝަން ޕްރިވެންޝަނާއި ގުޅޭގޮތުން ހިންގާ ތަފާތު މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބަލާ މޮނިޓަރކޮށް ރިޕޯރޓްތައް އެކުލަވާއިލުން،
- ސެކްޝަން ހެޑަށް ލަފާއާއި މަޝްވަރާ ދިނުމާއި، އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ޕްރޮޖެކްޓް މެނޭޖްމަންޓް / ކޯރޑިނޭޝަންގެ މަސައްކަތް ކޮށްފައިވާ މިންވަރު
- ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭފަރާތަކަށްވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 19 ޖޫން 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 20 ޖޫން 2019 އާއި 31 ޖުލައި 2019 ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018300، 3018327 އަށް ގުޅުއްވުން އެދެމެވެ.
|
06 ޝައްވާލު 1440
09 ޖޫން 2019
|