ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)A-385/2019/09
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 20 ޖޫން 2019 13:30
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ކަރަންޓްފީއަށް ލުޔެއް ދިނުން

މިރަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކު މިއަހަރު ރަމަޟާންމަހުގެ ކަރަންޓްފީއަށް ލުޔެއް ދިނުމުގެ ގޮތުން 2019 މޭ މަހުގައި ގޭބިސީތަކުގެ ކަރަންޓްފީއަށް ދައްކަންޖެހޭ ޖުމްލަ ޢަދަދުގެ %75 ވާފައިސާ މި ކައުންސިލް އިދާރާއިން ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.

            ވީމާ، 2019 މޭ މަހުގެ ކަރަންޓްބިލް 2019 ޖޫން 20 ވާ ހޯމަ ދުވަހު 13:30 ގެކުރިން މިއިދާރާއަށް ހުށަހެޅުމުން ފައިސާލިބޭނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ޖޫން 2019