މަސައްކަތް
ނަންބަރު: (IUL)13-K/13/2019/161
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 20:24
ސުންގަޑި: 18 ޖުލައި 2019 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖްކްޓް

   ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތުު

ޕްރީކޮލިފިކޭޝަނަށް ހުށަހެޅުމުގެ ދައުވަތަށް 22 މެއި 2019ގައި ކުރެވުނު  އިއުލާނު ނަންބަރު:(IUL)13-K/13/2019/148، ގެ ކޮރިޖެންޑަމް 1)

1. މިއީ 21 މޭ 2019ގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާ ޖެނެރަލް ޕްރޮކިއުމަންޓް ނޯޓިސް އާއި ގުޅިގެން ޕްރީކޮލިފިކޭޝަންއަށް ކުރިމަތިލުމަށް ހުޅުވާލެވޭ ދައުވަތެކެވެ.

2. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް ގެ މަޝްރޫއަށް ފައިނޭންސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފައިސާއިން ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކ.ތިލަފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނަރޖީ ފެސިލިޓީ ޑިޒައިންކޮށް، އިމާރާތްކޮށް އަދި ހިންގާނެ ފަރާތެއް ހޯދުމަށެވެ. މި މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭ.ޑީ.ބީ)، އޭޝިއަން އިންފްރާ ސްޓްރަކްޗަރ އިންވެސްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްއިން ގުޅިގެން ފަންޑް ކުރެވިގެންދާ މަޝްރޫޢުއެކެވެ.

3. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން ކ.ތިލަފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ޓު އެނަރޖީ ފެސިލިޓީ ޑިޒައިންކޮށް، އިމާރާތްކޮށް އަދި ހިންގާނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަނަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ.

4. ބީލަންހުށަހެޅުމުގެ ދައުވަތު ހުޅުވާލެވޭނެކަމަށް ލަފާކުރެވެނީ ނޮވެމްބަރު 2019ގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

         ނެޝަނަލް ޓެންޑަރ،

         މިނިސްޓްރީ އޮފް ފިނޭންސް،

         އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

         ފޯން: (+960) 1617     

         އީމެއިލް: [email protected]

         ކޮޕީ: [email protected].

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  23 މޭ 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ  މިމަސައްކަތަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް 1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 މޭ 2019 އިން 17 ޖުލައި 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީ އިންނެވެ.

8. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

9. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައި ގަތުމާއި ނުގަތުމުގެ އިޙްތިޔާރު ވެރިފަރާތަށް ލިބިގެން ވެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ޕްރީކޮލިފިކޭޝަނަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. ޕްރޮޕޯސަލް ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް ދާ ހުރިހާ ޚަރަދެއްގެ ޒިންމާ ނަގާނީ އެ ކޮންޓްރެކްޓަރެކެވެ.

11. މިމަސައްކަތަށް ޕްރީ ކޮލިފައިވާ ހުރިހާ ފަރާތްތަކަށް ލިޔުމުން އެކަން އަންގާނެއެވެ.

03 ޖޫން 2019