މަސައްކަތް
ނަންބަރު: FNK-I/IUL/2019/103
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 17:13
ސުންގަޑި: 12 ޖޫން 2019 12:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މ.ވޭވަށުގައި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާ ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/103

 

 

އިޢުލާން

މ.ވޭވަށުގައި އައު އިންޖީނުގެއެއް ޢިމާރާތް ކުރުމާ ގުޅޭ:

      މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް މ. ވޭވަށުގައި އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޖޫން 2019 ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ނުވަތަ މ. ވޭވަށް ބްރާންޗުގައެވެ.

      މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

                         29 ރަމަޟާން 1440 

                        03   ޖޫން  2019

            

 

 

03 ޖޫން 2019