ދިވެހިރާއްޖެ
އިޢުލާން
1440އަހަރުގެ ފިޠުރު އީދާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބާއްވާ ތަފާތު ކުޅިވަރުތަކުގައި އާއިލާތަކާއިއެކު ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ފުރުޞަތު ދިނުމުގެ ގޮތުން ފިޠުރު ޢީދު ދުވަހު ( 2019 ޖޫން 4) ގެ ހަވީރު 16:00 ން ފެށިގެން އިރުއޮއްސި 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާ ގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، 2019 ޖޫން 4 ވާ އަންގާރަ ދުވަހުގެ ހަވީރު 1600 ން ފެށިގެން އިރުއޮއްސި 1800 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
1- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު
2- އެމްބިއުލެންސް
3- ފުރާމީޙުން ބޭނުން ކުރުމަށް ހުއްދަދެވޭ ޓެކްސީއާޢި ޕިކަޕް
4- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
5- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
6- އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިދެންނެވި 6 ބާވަތުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގެ ދަށުން އެދުވަހު އެގަޑީގައި ދުއްވުން ހުއްދަ އުޅަނދުފަހަރަށް ޚާއްޞަ ހުއްދައެއް މާލޭ ސިޓީ ކައުންސިލުން ދޫކުރަމުންގެންދާނެއެވެ. މިހުއްދަ އެއުޅަނދުތަކުގައި ޢާއްމުކޮށް ފެންނަން ހުންނާނެހެން ހަރުކުރެވިފައި ހުންނަންވާނެއެވެ.
މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ ދަށުން -/750ރ އިން ޖޫރިމަނާ ކުރެވޭނެ ކަން ޢާއްމުކޮށް އަންގާ ޢިއްލާން ކުރީމެވެ. މިއިޢްލާނާއި ގުޅިގެން މިއޮތޯރިޓީގެ ނަންބަރު ) (IUL)202-L/1/2019/48 2 ޖޫން 2019) އިޢްލާން ބާޠިލް ކޮށްފީމެވެ.
29 ރަމަޟާން 1440
3 ޖޫން 2019
ދިވެހިސަރުކާރުގެ ގެޒެޓް