ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2019/175
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:36
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅިކުޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް
އިޢުލާން
ޢީދުގެ އުފާ ފާޅުކުރުމުގެގޮތުން ފެންކުޅިކުޅި ކުޅުމަކީ ޢާންމުކޮށް އައްޑޫސިޓީގައި ކުރަމުންދާ ކަމެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅިކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއްކަންކަން ހިނގާފައިވާތީ މިއަހަރުގެ ފިތުރު ޢީދު ދުވަހުން ފެށިގެން ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅިކުޅުމަށް ސަރަޙައްދުތައް ކަނޑައަޅައި މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.
ހިތަދޫ |
ބަނދަރުމަތީގެ ފަތާ ސަރަޙައްދު. |
މަރަދޫ |
ކުޑަކުދިންގެ ޕާކް |
މަރަދޫފޭދޫ |
ރަށިކެޑެ(ފެންތާގީ ސަރަޙައްދު) |
ފޭދޫ |
ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު |
ހުޅުދޫ |
ބޮމާ ފަންނު ޕާކް ސަރަޙައްދު ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު |
މީދޫ |
އީދި ގަމޫލު |
ވީމާ، މަތީގައިވާ ތަންތަންފިޔަވައި އައްޑޫސިޓީގެ އެހެންތަންތާނގައި ފެންކުޅިކުޅުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
29 ރަމަޟާން 1440
03 ޖޫން 2019