ޢާންމު މަޢުލޫމާތު
ނަންބަރު: SAM/IUL/2019/05
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 12 ޖޫން 2019 14:00
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑަލްޓް ރިކޮގްނިޝަން އެވޯޑު

 

އިޢުލާން

ނަންބަރ: SAM/IUL/2019/05

 

 

އެޑަލްޓް ރިކޮގްނިޝަން އެވޯޑު

 

ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސްކައުޓް ލީޑަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެކިއެކި އެވޯޑްތައް، 2019 ވަނަ އަހަރުގެ ޖޫން މަހުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، އެޑަލްޓް އެވޯޑް ސްކީމުގައި ބަޔާންކުރާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، އެވޯޑަށް ކުރިމަތިލާން ބޭނުންފުޅުވާ ސްކައުޓް ލީޑަރުން، 12 ޖޫން 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނަށް އެވޯޑުފޯމު އަދި ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ލިޔުންތައް ހުށަހަޅުއްވާނީ މި އެސޯސިއޭޝަނުގެ އީމެއިލް [email protected] އަށެވެ.  އެވޯޑުފޯމު އާއި އެކު ބޭސިކް ކޯހުގެ ސެޓްފިކެޓް އާއި ހިދުމަތް ކޮށްފައިވާ ދުވަސްތަކުގެ ވޯރަނޓް ސެޓްފިކެޓް ގެ ކޮޕީ ނުވަތަ ހިދުމަތް ކުރިކަމުގެ އެއްވެސް ލިޔުމެއް ލިބިފައިވާނަމަ އެ ލިޔުމެއްގެ ކޮޕީއެށް ހުށަހެޅުއް ވުން އެދެމެވެ.

މިޢިއުލާނާއިއެކު އެޑަލްޓް ރިކޮގްނިޝަން އެވޯޑާބެހޭ މަޢުލޫމާތާއި އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމު ހިމަނާފައިވާނެއެވެ.

 

03 ޖޫން 2019