ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/37
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 04 ޖޫން 2019 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިމަގުގައި ހިނގާ ދުވަހާއި ގުޅޭ

އިޢުލާނު

 

ފައިމަގުގައި ހިނގާ ދުވަހާއި ގުޅޭ

 

         1440 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހާއި ގުޅިގެން މާލެ، ހުޅުމާލެ، ވިލިމާލޭގައި ބާއްވާ ތަފާތު ކުޅިވަރުތައް ބަލާލުމަށާއި، ބައިވެރިވުމަށް ގިނައަދަދެއްގެ ޢާއްމު ރައްޔިތުން މާލެ ސިޓީގެ މަގުތަކަށް ނުކުމެ އުޅޭ އުޅުމުގައި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތަކަށް ލިބިދާނެ ގެއްލުމަށްޓަކައި ފިތުރު ޢީދު ދުވަސް ކަމަށްވާ 04 ޖޫން 2019 ވާ އަންގާރަ ދުވަހު ހަވީރު 04:00 ން 06:00 އަށް މާލެ ސިޓީގައި އިންޖީނުލީ އެއްގަމު އުޅަނދާއި، ބެޓަރި ސައިކަލް ފަދަ ވެހިކަލް މާލެ ސިޓީގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމަށާއި، ފިތުރު ޢީދު ދުވަހު ހަވީރު 04:00 ން 06:00 އަށް ފައިމަގުގައި އުޅޭ ގަޑިތަކުގެ ގޮތުގައި ހަމަޖައްސައިފީމެވެ.

        ވީމާ، 04 ޖޫން 2019 ވާ އަންގާރަ ދުވަހުގެ ހަވީރު 04:00 ން 06:00 އާއި ދެމެދު އެއްގަމުގައި ދުއްވުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީ ގެ ނަންބަރ: (IUL)202-L/1/2019/48 (02 ޖޫން 2019) އިޢުލާނުން ހުއްދަދީފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފުރާމީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ ޓެކްސީ އާއި ޕިކަޕް އަދި އެދުވަހު އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަކަށް ޚާއްސަ ކުރެވިފައިވާ ސްޓިކަރ މިކައުންސިލުން ދޫކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

       މިބަދަލު މިގޮތަށް ގެންނަން ޖެހުނީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ދިމާވަނީ ޝައްވާލު މަހުގެ 06 ރޯދައިގެ ފުރަތަމަ ދުވަސް ކަމަށްވެފައި، ރޯދަ ވެރިންގެ ކަންތައްތަކުގައި އިންޖީނުލީ ދުއްވާ އުޅަނދުތައް ބޭނުންކުރަން ޖެހޭތީ، އެދުވަސް ފަހުގެ ތާރީޚެއްގައި ފާހަގަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާ ތަކުންނާއި، ޢާއްމު ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާ ލިބުމުން ކަމުގައިވެސް ދެންނެވީމެވެ.

 

                     29 ރަމަޟާން 1440

                    03   ޖޫން  2019

03 ޖޫން 2019