ދިވެހިރާއްޖެ
މަޤާމް |
ކޮންސަލްޓަންޓް (ރާއްޖޭގައި ގެވެށި އަނިޔާ ހިނގާ މިންވަރާއި ޙާލަތު ދެނެގަތުމަޓަކައި ކުރިއަށް ގެންދެވޭ ދިރާސާގެ ޑޭޓާ އެއްކުރުމަށް) |
މަސައްކަތުގެ އަގު |
މަސައްކަތުގެ އަގު ކަނޑައެޅޭނީ ހުށަހެޅޭ ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށެވެ. |
މަސައްކަތުގެ މުއްދަތު |
66 ރަސްމީ ދުވަސް (6 މަހުގެ މުއްދަތަށް ބަހާލައިގެން) |
ތަޢުލީމާއި ތަޖުރިބާ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ރާއްޖޭގައި ގެވެށި އަނިޔާ ހިނގާ މިންވަރާއި ޙާލަތު ދެނެގަތުމަޓަކައި ކުރިއަށް ގެންދާ ދިރާސާގެ ޑޭޓާ އެއްކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން. މި ގޮތުން، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި، ލިޔެކިޔުންތައް ތަރުޖަމާކުރުމާއި، ޑޭޓާ އެއްކުރުމަށްޓަކައި އެނިއުމެރޭޓާރއިން ހޯދުމާއި ތަމްރީނުކުރުމާއި، ޑޭޓާ އެއްކުރުމަށް ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސައި، ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން. މީގެ އިތުރުން، އެއްކުރެވޭ ޑޭޓާތައް ތަޙުލީލުކުރުމާއި، އެކަމާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވެ، ލަފާދިނުން. ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފްސީލް ހިމެނޭ ޓީ.އޯ.އާރު ގެޒެޓުން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv ގައިވާނެއެވެ. |
މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- ކޮންސަލްޓަންސީއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް (އަދި އެޓެސްޓްކޮށްފައިވާ) ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ 3- މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭންއާއި ޓައިމް ފްރޭމް (މަސައްކަތް ނިންމުމަށްފަހު ހުށަހަޅާ މުއްދަތާއި ތާރީޚާއެކު) 4- ކޮންސަލްޓަންސީގެ އަގާއެކު ޕްރޮޕޯސަލް (ދުވާލަކަށް ކަނޑައަޅާފައިވާ އަގާއި ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ހުށަހަޅާ ދުވަހުގެ އަދަދުތަކާއެކު) 5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް އަދި ކޮންސަލްޓަންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ). 6- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނޯޓު: - މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މިކޮންސަލްޓަންސީއަކީ ކޮންޓްރެކްޓް އުސޫލުން ވަކި މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީއެކެވެ. - ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، ތަޖުރިބާ، އިންޓަރވިއު، އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ. މި ގޮތުން، އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ.
މި ކޮންސަލްޓަންސީއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއެއް 16 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30ގައި މި އޮތޯރިޓީގެ މީޓިންގ ރޫމުގައި (ހ. ފުލިދޫގެ، 2 ވަނަ ފަންގިފިލާ) ގައި އޮންނާނެ ކަމުގައި ދަންނަވަމެވެ. އަދި، މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ އާމިނަތު ލީނާ ޢަލީއަށް އެޑްރެސް ކުރައްވައި ސިޓީއަކުން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:30އަށް، މި އޮތޯރިޓީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުންވުން އެދެމެވެ. މި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected] ވެބްސައިޓް: http://fpa.gov.mv/dh 3ޖޫން 2019 |