މަސައްކަތް
ނަންބަރު: GS103/IUL/2019/23
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 16 ޖޫން 2019 11:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައި ދޭނެ ތިން ފަރާތެއް ހޯދުން

އިއުލާން

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

 

މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް -/4100 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެއް އަހަރު ދުވަހަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ތިން ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ،  މިކަމަށް  ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ  11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

                                     29 ރަމަޟާން   1440      

                                     03    ޖޫން     2019     

03 ޖޫން 2019