މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/29
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 13 ޖޫން 2019 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ޔޫތު ސެންޓަރަކަށް ބޭނުންކުރުމަށް މިރަށު ބަނދަރު ސަރަހައްދުގައި ހުރި ހަރުގެ (ދަގަނޑު ފުރޭމް) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ޔޫތު ސެންޓަރަކަށް ބޭނުންކުރުމަށް ލ. ކަލައިދޫ ބަނދަރު ސަރަހައްދުގައި ހުރި ހަރުގެ (ދަގަނޑު ފުރޭމް) މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށްޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2019 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 19 ޖޫން 2019 ވާ ބުދަދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މިއިޢުލާނަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

02 ޖޫން 2019