ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޕަބްލިކްއެގްޒޭމިނޭޝަންސް
މާލެ
އިޢުލާން
ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2019 ވަނަ އަހަރުގެ ނޮވެންބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2019 ޖޫން 09 އިން ފެށިގެން 2019 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އިމްތިޙާނު ބާއްވާ ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާނީ މި މުއްދަތުގައި އެސެންޓަރަކަށެވެ. 2019 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނު ބާއްވާ ކޮންމެ ރަށެއްގައި، ސިވިލް ސަރވިސް އިމްތިޙާނު ވެސް ބާއްވާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.
ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
28 ރަމަޟާން 1440
02 ޖޫން 2019