ދިވެހިރާއްޖެ
ނަންބަރު:421/IUL/2019/18
އިޢުލާން |
މިސްކިތްތައް ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި ހޯދުން
މިރަށު މިސްކިތްތައް ފޮޅާސާފުކުރުމަށްޓަކާ ބޭނުންވާ ތަކެތި މިއިދާރާއަށް ގަތުމަށް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: 421/IUL/2019/15 ( 21 މެއި 2019 ) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބް ތަކުގެ ތެރެއިން ޝަރުޠު ހަމަވެގެން ހުށަހަޅާފައިވަނީ އެންމެ އަންދާސީ ހިސާބެއް ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށްފީމެވެ.
ވީމާ،މިދެންނެވިތަކެތި މިއިދާރާއަށް ހޯދައިދެވޭނެ ފަރާތްތަކުން 09 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި އަގުހުށަހަޅާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
ޢަދަދު |
ތަފްޞީލް |
|
24 |
ޕަކެޓް ސޯކްލިން ޕައުޑަރ |
|
24 |
ފުޅި ސޯކްލިން ލިކުއިޑް |
|
24 |
ފުޅި ހިޓް ސްޕްރޭ ( ބޮޑު ) |
|
06 |
ފުޅި ޑިޓޯލް ( ބޮޑު ) |
|
24 |
ފުޅި ވިންގްސް ލިކުއިޑް |
|
24 |
ފުޅި ކްލީން ކްލީން |
|
07 |
ފުޅި އެއަރ ފްރެޝްނަރ |
|
07 |
ކުނިކަހާ ދަތި |
|
07 |
ކުނިކަހާ ފިހިގަނޑު |
|
05 |
ދާނި |
|
12 |
ސްޕޮންޖް ( މޮޅު ) |
|
01 |
ސްޓޭންޑް ފަންކާ |
|
18 |
އެނަރޖީސޭވް ލައިޓް ( 40 ވޯޓުގެ ) |
|
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
28 ރަމަޟާން 1440
02 ޖޫން 2019
ސަޢީދު ޢަލީ
ކައުންސިލްގެ ނާއިބް ރައީސް