މަސައްކަތް
ނަންބަރު: (IUL)259/2019/11
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 25 ޖޫން 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ލައިޓުޖަހާއި ބުޑުއަޅާއި ކޭބަލު ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް

މަގުމަތިބައްތި ޖަހާ ކޭބަލް ވަޅުލައިދޭނޭފަރާތެއް ހޯދުމަށް

 

                   މިރަށުގައި މީހުންދިރިއުޅެމުންދާ ސަރަހައްދުތަކުގައި 75 މަގުމަތި ބައްތި ލައިޓް ޖަހާއި، ބުޑުއަޅައި  ކޭބަލު ވަޅުލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެޖެއެވެ.

                  ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖޫން 2019 ވާ ހޯމަ ދުވަހު 11:00 ށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު ، 25 ޖޫން 2019 ވާ އަންގާރަ ދުވަހުގެ 11:00 ށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                         މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ މިނިސްޓުރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތަކަށް ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.  މީގެ އިތުރުން ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓް ގެ ރަޖިސްޓުރީ ކޮޕީ ގެ އިތުރުން ވަޑައިގަންނަވާ ފަރާތެއްގެ އައިޑީ ކާޑް ކޮޕީ ހުށަހަޅުއްވަންވާނެއެވެ.  މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފާރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަދެން ނެވީމެވެ.

                 މިހެންވެ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

              

02 ޖޫން 2019