ދިވެހިރާއްޖެ
އިޢުލާން
ޤައުމީ ކުތުބުޚާނާ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބޭނުންވެއްޖެ.
މި ކުތުބުޚާނާ ހިނގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއޮފީހުގެ ނަންބަރ: (29.04.2019)(IUL)56-CAS/56/2019/16) އިޢުލާނާއި ގުޅިގެން ލިބުނު ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖޫން 16 ވާ އާދީއްތަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.
ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )
މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )
28 ރަމަޟާން 1440