ދިވެހިރާއްޖެ
- މިސްކޫލްގެ ނަމްބަރު GS111/2019/10 (23 މެއި 2019 ) ނަމްބަރު އިޢުލާނުގައިވާ 2 ފާޚާނާ އިމާރާތްކުރުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖޫން 02 އިން 2019 ޖޫން 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖޫން 10 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖޫން 11 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2019 ޖޫން 19 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހެނބަދޫ ސުކޫލް
ނ. ހެނބަދޫ / ދިވެހިރާއްޖެ
ފޯން: 6560571
އީ-މެއިލް: [email protected]