ދިވެހިރާއްޖެ
އިޢުލާން
ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަންނަން ބޭނުންވެއްޖެ
ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ގަތުމަށް ކުރި އިޢުލާން ނަންބަރ IL-P/423/2019/38
(15 މެއި 2019) ގައި އެކަށީގެންވާ މައުލޫމާތު ހިމަނާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން 03 ޖޫން 2019 ވަނަ ދުވަހުގެ 13:00 އަށް
ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖޫން 2019 ވާ ހޯމަ ދުވަހުގެ
13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އަމިއްލަ ފަރާތަތަކުން ނަމަ އައިޑީ ކާޑްގެ ކޮޕީއެއް، ކުންފުންޏަކުން ނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް އަގާއި
އެކު ހުށަހަޅަން ވާނެއެވެ. ބަދަލުގައި އަގު ހުށަހަޅަން އަންނަ ފަރާތްތަކުން ނަމަ އެކަން އެނގޭނެ ފަދަ ލިޔުމެއް
ގެންނަންވާނެއެވެ. އަގު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ
ފަރާތުގެ ނަމާއި "1.5 ޓަނުގެ ޕިކަޕެއް ވިއްކުމާއި ބެހޭ" މިހެން ލިޔެފައި އޮންނަވާނެއެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ
އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަމަޟާން 1440
30 މެއި 2019