ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/19
އިއުލާން
ކައުންސިލާއި ހިއްސާވާގޮތަށް ހދ. ކުމުންދޫގައި ގެސްޓްހައުސްއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުން.
މިކައުންސިލުން ރަށްވެހިގެ އެޅުމަށް ނިންމާފައިވާ ބިމުގައި މިކައުންސިލްގެ ހިއްސާއޮންނަގޮތަށް ގެސްޓްހައުސްއެއް އަޅައި ހިންގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ. ބިމާއިބެހޭ މަޢުލޫމާތު އަދި އެހެނިހެން މައުލޫމާތު މިކައުންސިލުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ޝީޓްގައިހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެކަން ބަޔާންކޮށް، 13 ޖޫން 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
30 މެއި 2019