ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS1/471/2019/ 28
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 30 ޖޫން 2019 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ އިދާރީ ގަވާއިދާ ގުޅޭ އެންގުން 1: 1 ޖޫން 2019 އިން ފެށިގެން ކުރެހުން ފާސްކުރުމަށް އެދި ހުށަހެޅޭ ގޮތްތަކަށް ބަދަލުގެނައުން

 

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ ގެ ނަންބަރު 27/IUL471-CIDS1/471/2019  (މޭ 28 2019) އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން 11 މާރިޗު 2019 ގައި ގެޒެޓުކޮށްފައިވާ ގަވާއިދު ނަންބަރު: I 2019/R-1004 (ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) ގެ 24 ވަނަ މާއްދާގެ (އ) ގެ ދަށުން 1 ޖޫން 2019 އިން ފެށިގެން އެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ރ) ގެ ބަދަލުގައި އަމަލުކުރަންވީގޮތް ތިރީގައި ބަޔާންކޮށް އެކަން އަންގާ އާންމުކުރަމެވެ. އަދި އެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ބ) އަދި (ޅ) އަށް އަމަލުކުރުމުގައި ބަދަލެއް ގެނެވިފައިނުވާކަންވެސް އާންމުކުރަމެވެ.

24 ވަނަ މާއްދާގެ (ރ) ގެ ބަދަލުގައި ކުރެހުން ފާސްކުރުމަށް 1 ޖޫން 2019 އިން ފެށިގެން އަމަލުކުރަންވީ ގޮތް:

ބާވަތް 1 ގެ ޢިމާރާތެއްގެ ކުރެހުމެއް ފާސްކުރަން އެދި 1 ޖޫން 2019 އިން ފެށިގެން ހުށަހަޅާއިރު، ކުރެހުމުގެ އާރކިޓެކްޗުރަލް ބައި އަދި ސްޓްރަކްޗުރަލް ބައި ޑިޒައިންކުރުމާއެކު ކުރެހުން ހުށަހަޅަންވާނީ އާރކިޓެކްޗުރަލް ޗެކަރާއި ސްޓްރަކްޗުރަލް ޗެކަރެއް ޗެކްކުރުމާއެކުއެވެ.

30 މޭ 2019