ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ގއ. މާމެންދޫ
ދިވެހިރާއްޖެ
ނަންބަރު: GS198/IUL/2019/21
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަން ބޭނުންވެއްޖެއެވެ.
ވުމާއެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިސްކޫލުގެ އޮފީހަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. މިކަމަށް ކުރިމަތިލެވޭނީ ހަމައެކަނި ޤަވާއިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
13 ޖޫން 2019 |
ބުރާސްފަތި |
1:00 |
ގއ.މާމެންދޫ ސްކޫލް |
އަންދާސީހިސާބު ހުށަހެޅުއްވުން |
18 ޖޫން 2019 |
އަންގާރަ |
1:00 |
ގއ.މާމެންދޫ ސްކޫލް |
25 ރަމްޟާން 1440
30 މެއި 2019